މިއީ ދުނިޔޭގެ އެންމެ ވަރުގަދަ ކުޑަކުއްޖާތަ؟

ޢުމުރުން އެންމެ 4 އަހަރުގެ އަންހެން އެތްލީޓެއްގެ ވާހަކަ އަޑުއެހިންހެއްޔެވެ؟ އެއީ ދުނިޔޭގެ އެއްވަނަ އެތްލީޓްކަމަށް ބެލެވިދާނެހެއްޔެވެ. ނުވަތަ އެއީ ދުނިޔޭގައި މިވަގުތު ހުރި މިޢުމުރުގެ އެންމެ ވަރުގަދަ ކުއްޖާކަމަށް ވެދާނެހެއްޔެވެ؟

ކޮންމެއަކަސް މިކުޑަކުއްޖާގެ ވީޑީއޯ މިހާރު ޝޯޝަލް މީޑިއާގައި ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ކުޑައަންހެންކުއްޖަކު އާދަޔާ ޚިލާފު ހަރަކާތްތަކެއް ދައްކާ މަންޒަރެވެ. ހީވަނީ ދުނިޔޭގެ އެއްވަނަ އެތްލީޓަށްވެސް އެފެންވަރަށް އެފަދަ ކުޅަދާނަކަމެއް ނުދެއްކޭނެ ހެންނެވެ.

ޕުޝްއަޕް ހެދުމާއި، ހޭންޑް ސްޓޭންޑް ހެދުމާއި، އަދި އެކިގޮތްގޮތަށް ފުންމުންފަދަ އުނދަގޫ ތަފާތު ހަރަކާތްތައް ދައްކާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

މިކުއްޖާގެ ބައްޕް ކަމަށް ބެލެވޭ ފިރިހެނަކު އެކުއްޖާ އެފަދަ ޙަރަކާތްތަކަށް ޓްރެއިން ކުރުވާ މަންޒަރު ތަކެއްވެސް މިވީޑިއޯއިން ފެންނައިރު، މިއީ ޙަޤީޤަތެއް ކަމަށް ޤަބޫލު ނުކުރެވޭނެކަމަށާއި، މިއީ ބަޔަކު ނުވަތަ މީހަކު ސްޕެޝަލް އިފެކްޓް ބޭނުންކޮށްގެން ހަދާފައިވާ ވީޑީއޯ އެއްކަމަށްވެސް ޝޯޝަލް މީޑިއާގައި ބުނެ ބައެއްފަރާތްތަކުން މިވީޑިއޯ އަށް ކޮމެންޓް ކޮށްފައިވެސް އެބަހުއްޓެވެ.

ތިރީގައިއެވަނީ އެ ވީޑިއޯ އެވެ. ޕްލޭކޮށްލާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
Abdulla
Abdulla

This s a boy not a girl

wpDiscuz