މިއަދުގެ މެޗަށް ދެ ޓީމުވެސް ފުރިހަމައަށް ތައްޔާރު – އޮފިޝަލުން

ޝިޔާމް- މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލްގެ 2  ވަނަ މެޗުގައި މިއަދު ހަވީރު އެންމެންފަހު ދެ އަހަރުގެ ޗެމްޕިއަން ހޮޅުދޫ އާއި އަދި މި މުބާރާތް ފުރަތަމަ ދެއަހަރު ބޭއްވި ކުޑަފަރި ބައްދަލުކުރާ މެޗަށް ދެ ޓީމުންވެސް ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާކަމަށް ދެޓީމުގެ އޮފިޝަލުން ހާމަކުރައްވައެވެ.

ހޮޅުދޫޓީމު ކުއާޓާރއަށް ގޮސްފައިވަނީ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައި / ފޮޓޯ:އެސްއެމްއެސްކަޕް ފޭސްބުކް ޕޭޖު

މިއަދުގެ ކުއާޓާރ ފައިނަލް މެޗަށް ހޮޅުދޫޓީމު ނިކުންނާނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައެވެ. އަދި މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރަށް މުބާރާތުގައި ހެޓްރިކް ހެދުމުގެ ރެކޯރޑުވެސް އޮތް ޓީމުގެވެސް ގޮތުގައެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް ޖެހިޖެހިގެން 3 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށް ތަށި މިލްކުކުރުމަށް އަމާޒް ހިފާފައިވާ ހޮޅުދޫޓީމުންވަނީ އެރަށަށް ނިސްބަތްވާ މޮޅަތި ހުރިހާ ކުޅުންތެރިން ރަށަށް ގެނެސް ގިނަ ޕްރެކްޓިސްތަކެއް ކޮށްފައެވެ.

ކުޑަފަރި ޓީމުން މަޢުލޫމާތު ދޭގޮތުގައި މުބާރާތުގެ ފުރަތަމަ މެޗުތަކަށް އެޓީމުން ނިކުމެފައިވަނީ އެރަށަށް ނިސްބަތްވާ އެންމެ ހުނަރުވެރި މޮޅަތި ކުޅުންތެރިންނާއި ނުލައި ނަމަވެސް މިއަދުގެ މެޗަށް އެޓީމުންވެސް ނުކުންނާނީ އެރަށަށް ނިސްބަތްވާ މޮޅަތި ކުޅުންތެރިންނާއި އެކު މިއަދުގެ މެޗުން މޮޅުވެ ސެމީގެ ޖާގައެއް ހޯދުމަށެވެ.

ކުފަރިޓީމަކީ މުހިއްމު މެޗުތަކުގައި އާދަޔާޚިލާފް ނަތީޖާތަކެއް ނެރޭޓީމެއް / ފޮޓޯ:އެސްއެމްއެސްކަޕް ފޭސްބުކްޕޭޖު

ކުރީގެ މުބާރާތްތަކުގައި ކުޑަފަރީޓީމުގެ ފަރާތުން ހައިރާން ކުރުވަނިވި  ނަތީޖާތަކެއް އަތޮޅުގެ ނަން މަޝްޙުރު ޓީމުތަކާއި ދެކޮޅަށް ނެރެފައިވާތީ މިއަދުގެ މެޗުވެސް ފަސޭހަކޮށް ނުލާނެކަމަށް ހޮޅުދޫޓީމުން މަޢުލޫމާތު ދެއެވެ.

މިއަދުގެ މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ ހަވީރު 3.30 ގައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar