މިއަދުގެ މަޖިލީހުގެ ޖަލްސާ ވަގުތު ހަވަވުމުގެ ކުރިން ނިންމާލައިފި.

ރައްޔިތުންގެ މަޖިލީހުގެ ވޯޓިން ސިސްޓަމަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، ބޭނުންކުރެވޭ ވަރަށް ސިސްޓަމް ރަނގަޅުކުރެވިފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަގުތު ހަމަވުމުގެ ކުރިން ނިންމާލައިފި އެވެ.

ހެނދުނު 00: 9 ހާއިރު ފެށި މިއަދުގެ ޖަލްސާ ހިނގަމުން އައިސް، މެންދުރު ފަހު 30: 1ގައި ވޯޓަށް އެހުމަށް މަޖިލީހުގެ ބަހުސް މެދުކަނޑާލުމަށް ފަހު، ބައި ގަޑިއެއްހާއިރު ވެގެން ދިޔަ އިރު ވެސް، ވޯޓު ނެގޭ ގޮތް ނުވުމުން ނެވެ.

މިއަދުގެ ޖަލްސާގައި ވޯޓުގެ ވަގުތު ޖެހުނު އިރު، ވޯޓަށް އެހުމަށް އޮތީ، ރައީސް ވަހީދުގެ އާ ސަރުކާރުގެ، ދެ މިނިސްޓްރީއެއްގެ އޮނިގަނޑަށް ބަދަލު ގެނެސް އިތުރު ދެ މިނިސްޓްރީ އުފެއްދުމަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޓީ އަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމާއި، ސާކްގެ ތިމާވެއްޓާ ބެހޭ މުއާހަދާގެ ފުރިހަމަ މެމްބަރަކަށް ރާއްޖެ ވުމާ މެދު ފެންނަ ގޮތެއް ބެލުމަށް ވޯޓަށް އެހުމެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ  ދެ މެމްބަރެއްގެ ވޯޓީން ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްކަމަށާއި އެމައްސަލަ ހައްލު ނުކުރެވި ވޯޓަކަށް ގޮސްފި ކަމުގައިވަނީނަމަ ވޯޓުގެ ސަހައް ކަމާއި މެދު ސުވާލު އުފެދިދާނެކަމަށެވެ.

އެހެންކަމުން މިއަދުގެ ޖަލްސާ މެދުކަނޑާލީ ވޮޓިން ސިސްޓަމް ރަގަޅު ކުރެވޭތޯ މަސައްކަތް ކުރުމަށް ފަހު އެ މައްސަލަ ރަގަޅު ނުކުރެވުމުނެވެ.

ވޯޓިން ސިސްޓަމްގައި މައްސަލަޖެހިފައިވަނީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި، ރައީސް ވަހީދު ރިއާސީ ބަޔާން އިއްވެވުމާ ދެކޮޅަށް އެމްޑީޕީ މެމްބަރުން ކުރި އިހުތިޖާޖްގެ އަމަލުތަކުގެ ތެރޭގައި މަޖިލީހުގެ ވޯޓިން ސިސްޓަމަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުންނެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މަސީހު އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް އިސްތިއުފާ ނުދެއްވާކަމަށް ރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ރޭ ބޭއްވި …

ޚިޔާލެއްދެއްވާ

avatar
wpDiscuz