ލަންދޫސްކޫލުން ކަރަންޓްކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ޔުޓިލިޓީސް ކުންފުނިންދީފި.

18މާރޗް 2012 އާއި ހަމައަށް ފައިސާ ނުލިބިހުރި ބިލްތައް ކަމަށް ލަންދޫއިންޖީނުގެއިން ފޮނުވަފައިވާ ޑޮކިޔުމެންޓްގެ ކޮޕީއެއް

މިހިނގާ މެއި މަހުގެ 25 ވަނަދުވަހުގެ (މިއަދުގެ) ނިޔަލަށް ކަރަންޓްބިލް ނުދައްކައިފިނަމަ ލަންދޫސްކޫލުން ކަރަންޓްކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ނޯދަން ޔުޓިލިޓީސް ލިމިޓެޑް ( ނ.ލަންދޫ އިންޖީނުގެ) އިން ނ.ލަންދޫ ސްކޫލަށް ދީފިއެވެ.

މިއިންޒާރު ދީފައިވަނީ 18 މާރޗް 2012 ގައި ލަންދޫއިންޖީނުގެއިން ލަންދޫސްކޫލަށް ފޮނުވާފައިވާ ސިޓީއެއްގަައެވެ. އެސިޓީގައިވާގޮތުން 18 މާރޗް 2012 އާއި، ހަމަައަށްވަނީ ލަންދޫސްކޫލުން -/31067ރ. އަށްވުރެ ގިނަފައިސާ އެކުންފުންޏަށް ދައްކަންޖެހިފައެވެ. އެއީ ފާއިތުވި 2 މަހެއްހާ ދުވަހުގެ އެސްކޫލްގެ ބިލަށް އެރިފައިސާއެވެ.

މިކަމާގުޅިގެން ލަންދޫސްކޫލުން ވިދާޅުވެފައިވަނީ ލަންދޫސްކޫލަކީ މިހާތަނާޖެހެންދެން ބަރާބަރަށް ފައިސާދައްކަމުން އަންނަ ސްކޫލަކަށް ވެފައި ވާއިރު މިފަދަ އިންޒާރެއް އައުމަކީ ހިތަމަކުރާކަމެއްކަމަށެވެ. އަދި މިފައިސާ ނުދެއްކި ލަސްވަމުން މިދަނީ މިއަހަރުގެ ސްކޫލްގެ ހިންގުމުގެ ޚަރަދަށް ސްކޫލަށް ލިބެންޖެހޭ ފައިސާގެ އެއްވެސް މިންވަރެއް އަހަރުގެ މިހާތަނަށް ދިޔައިރުވެސް ލިބިފައިނުވާތީކަމަށްވެސް ލަންދޫ ސްކޫލުން ހާމަކުރައްވައެވެ.

ލަންދޫ އިންފޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންދުއާއި، އަވަށްޓެރި ކައިރި އެހެންބައެއް ރަށްރަށުގެ ސްކޫލްތަކުންވެސް އަދިވަނީ މިއަހަރުގެ ބިލްތަކަށް ފައިސާ ޖަމާނުކޮށެވެ. އެހެންނަމަވެސް އެފަދަ ސްކޫލްތަކަށް މިފަދަ އެެއްވެސް އިންޒާރެއް އަދި އައިސްފައެއް ނުވެއެވެ.

ލަންދޫ އިންޖީނުގެއިން ދެމުންދާ ކަރަންޓްގެ ޚިދުމަތްވަނީ  މިފަހަކަށް އައިސް ވަރަށް  ބޮޑަށްދަށްވެފައެވެ. މުޅިރަށުން ކަރަންޓް ކަނޑައިގެން ނުދާ ރެއް ދުވަހެއް ނުދެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެެވެ. އަދި ކަރަންޓް ހުންނަ ގަޑިތަކުގައިވެސް ބޭނުންވާމިންވަރަށް ވޯލްޓޭޖް ނުލިބޭތީ ގޭގޭގައި ބޭނުންކުރަމުންދާ ކަރަންޓްގެ އާލާތްތައް ހަލާކުވެ މައްސަލަޖެހެމުންދާ ކަންވެސް ރައްޔިތުން ދަނީ ޝަކުވާގެ ގޮތުގައި ފާހަގަކުރުމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
ނޮދަންޔުޓިލިޓީޒް
ނޮދަންޔުޓިލިޓީޒް

އެކަށިގެންވާވަރަށް މައުލޫމާތު ނުހޯދައި ލިޔެފައިވާ ލިޔުމެއްކަން ފާހަގަކުރެވޭ! ނޮދާންޔުޓިލިޓީޒްގެ ދަށުން ހިންގާ ހުރިހާ ރަށްތަކެއްގެ ގަވަރމެންޓް އަދި ބިޒްނަސް ޝްޕެޝަލް ކެޓަގަރީގައި ހިމެނޭ “ބިލް ނުދައްކަވާ” ފަރާތްތަކަށް ހަމަ ލަންދޫ ސްކޫލަށްވެސް ފޮނުވި ސިޓީ ފޮނުވާފައިވާނެ!!!

އެންޑީޕީ
އެންޑީޕީ

ލަންދޫ އިންޖީނުގެއިން އެކަށީގެންވާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ނުދޭއިތު ތިޔަކަހަލަ އިންޒާރުތައް ދިނުމަކީ ވަރށް ހިތާމަހުރި ކަމެއް. ހަމަ ތެދެއް މިބުނީ ފަންކާވެސް ހީވަނީ އެނބުރެން ބިރުން އުޅޭހެން. ބޮކިތައްވެސް އެތިބެނީ ލަދުން ފިޔަ ޖަހާލަ ޖަހާލަ. އެކަމަކު ހެވެއްނު ދޯ

mohamma
mohamma

ލަންދޫ ސްކޫލް ހިންގަވަން ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް އަަނެއްކާ އާ އަޑެއް އަރުވާލީދޯ !

wpDiscuz