މިއަދަކީ ދުނިޔޭގެ މިއަހަރުގެ ފެނުގެ ދުަވަސް!

world-water-dayމިއަދަކީ ދުނިޔޭގެ ފެނުގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ލަންދޫއިންފޯގެ ކިޔުންތެރިންނަށް މަރުޙަބާ ދަންނަވަމެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުންދަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 22 ވަނަ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި ފެނުގެ ދުވަހެއް ފާހަގަކުރެއްވުމުގެ ބޭނުމަކީ ފެނުގެ މުހިންމުކަމާއި ފެންލިބޭ ގޮތްތަކާއި، ފެން ހެޔޮގޮތުގައި ބޭނުންކުރުމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވާ، ޢަމަލީގޮތުން އެންމެންވެސް މަސައްކަތް ކުރުވުމަށް ބާރުއެޅުވުމެވެ.
1993 ން ފެށިގެން ކޮންމެއަހަރުވެސް ޔޫއެން އިން ދަނީ ފެނުގެ ދުވަސް ފާހަގަކުރަމުންނެވެ.
ފެނަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާ ބުއިމެކެވެ. ބަރުދަން ލުއިކުރުމާއި، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިއްމު އެކައްޗަކީ ފެނެވެ.
އޭގެ އިތުރުން ފެން ބުއިމުން ހަންގަނޑު ތާޒާކޮށްދިނުމާއި، އިމިއުން ސިސްޓަމް ހަމަޔަކަށް އަޅުވައިދިނުމާއި، ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ފެނަކީ ވަރަށް މުހިއްމު ވަސީލަތެކެވެ.
އަދިހަމަ އެހެންމެ ގިނައިން ފެންބޯ ނަމަ ހޮޑުލެވުން، ކެނސަރު ބަލި، ކަރުގެ ބަލިތަށް، ލޮލުގެ މައްސަލަތަށް އަދި ކިޑުނީގެ މައްސަލަތަކާއި ޑައިރިއާގެ އިތުރުން ބޮލުގައި ރިހުމަށް ވެސް ހައްލުލިބިގެންދެ އެވެ.
އެހެންކަމުން ފެނުގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން ކޮންމެމީހަކުވެސް ފެނާމެދު ވިސްނާލުން ރަގަޅެވެ. އަދި ދުވާލެއްގެ މައްޗަށް އަޅުގަނޑުމެންނަށް ފެން ބޮވެނީ ކިތައްތަށިފެންތޯ ހިސާބުކޮށްލުންވެސް ރަގަޅެވެ. ކޮންމެ މީހަކުވެސް ދުވާލެއްގެ މައްޗަށް 7 ނުވަތަ 8 ތަށި ފެން ނުބޮވޭނަމަ އެއީ މައްސަލައެކެވެ. އަވަހަށް އެކަމަށް ސަމާލުކަންދެއްވާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz