މިއަށްވުރެ މިދުނިޔޭން ވަކިން……..ނެތިއްޔޭ ނެތިއްޔޭ ނެތިއްޔޭ ނެތީ

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން 26 ޖުލައި ވީ ބުރާސްފަތި ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުނު ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިވެހިޤައުމާ މުޚާތަބުކުރައްވަމުން ރައީސް މުޙައްމަދު ވަޙީދު ޙަސަންމަނިކު ވަނީ މިއަށްވުރެ މިނިވަންކަން ދެވިފައިވާ އެހެންޤައުމެއް ކޮބައިތޯ ސުވާލުކުރައްވާފައެވެ. އަދި މިއަށްވުރެ މުސްތަޤިއްލު މުއައްސަސާތަށް ގިނަ ވަކިން އެހެންޤައުމެއް ކޮބައިތޯވެސް ސުވާލުކުރައްވާފައިވެސް ވެއެވެ.

ތެދުފުޅެކެވެ. އިންސާނީ މުޖުތަމަޢަކަށް ވަކިހައްދެއްނެތި މިނިވަނުންނޭ ކިޔާ ދޫކޮށްލުމުން ނިކުންނާނެ ނޭދެވޭ ހުރިހާ އަސަރުތަކެއް ފެންނަމުން މިހިރަގެންދަނީއެވެ. އުޅޭނެހާގޮތަކަށް އުޅުނަސް ބެހޭކަމެއްނޫނެވެ. މިއީބޭނުންކޮށްލާ ޢިބާރާތެވެ. ވެރިރަށް މާލެއަށް ނަޒަރުހިންގާލުމުން ފެންނަނީ ނަމާދުވަގުތުތަކުގައާއި ހުކުރުވަގުތުތަކުގައިވެސް ދެޖިންސުގެކުދިން ކުޅެ، މަޖާނަގަމުންދާ މަންޒަރެވެ. ސައިކަލްތަކުގެ ސައިލަންސަރުގައި ލޯވަޅުއަޅާއިގެން މަގުތަކުގައި ރޫސްރޫސްލާފައި ހިތުހުރިހާ ހަޑިހުތުރުއެއްޗެއް ގޮވަމުންދިޔަސް އެއީވެސް މިނިވަންކަމެވެ. އެއްޗެކޭބުނެފިނަމަ ބޭނުންކުރަނީ އެއްކަލަ ޢިބާރާތެވެ. “ކަލެއާބެހޭކަމެއްނޫނެވެ.” ބެހެވެނީ ކާކަށްތޯ ބަލާއިރު އެފަރާތެއް ފެންނާކަށްނޯވެއެވެ.

ދެންއޮތީ މުސްތަޤިއްލު ކޮމިޝަންތަކުގެވާހަކައެވެ. އަޅުގަނޑަށް އެގިފައި އޮންނަގޮތުން އެފަރާތްތަކުގެ ދައުރު ވަރަށްފުރިހަމައަށް އަދާކުރެއެވެ. އެއީ ވަރަށް އަވަސްއަވަހަށް ނޫސްބަޔާންތަށް ނެރުއްވައެވެ. ވުމާއެކު މިއަށްވުރެ ވަކިން މިކަންކުރެވޭ އެހެންޤައުމެއްވެސް މަދުވާނޭވެސް ދެންނެވިދާނެތޯއްޗެކެވެ. ވަރަށްގިނަބަޔަކު ދެކޭގޮތުގައި މިއަށްވުރެ ދީނީ ނަޞޭހަތްތަކާއި ދަރުސްތައް ދޭ ޤައުމެއްވެސް ޚާއްޞަކޮށް މިދުވަސްވަރު މަދުވާނެއެވެ. އަދި އިވޭ އަޑުތަކާމެދު ވިސްނާ ފިކުރުކުރާ ބަޔަކުވެސް މިއަށްވުރެވަކީން ކޮބައިތޯއެވެ؟

ދެން އޮތީ މީޑިއާގެ ވާހަކައެވެ. މިއަށްވުރެ ބޮޑު މިނިވަންކަމެއްދެވި ހުޅުވާލެވިފައިވާ މީޑިއާއެއްފަހެ ކޮބައިތޯއެވެ؟ ޤައުމުގެ ވެރިމީހާއާދިމާއަށްވެސް ހިތުހުރިއެއްޗެއް ގޮވާ ކާޓޫނުކުރަހާ ހެދުމަޚިވެސް ހަމަ މިނިވަންކަންތޯއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީހިނދު މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށް ކިޔަމަންވުމަށްފަހު ވެރީންނަށް ކިޔަމަންވުމަށް އަންގަވާފައިވާކަން ހަނދުމަކުރަނީވެސް ފަހެ ކިތަންކިތައްމީހުން ތޯއެވެ؟ ކުރިން އަޅުގަނޑުމެން އަޑުއަހާ ލަވައެއްގަވެސް ވަނީ “މިއަށްވުރެ މިދުނިޔޭން ވަކީން ރިތިޖައްވެއް ނެތިއްޔޭ ނެތިއްޔޭ ނެތިއްޔޭ ނެތީ” އުފެދޭ ސުވާލަކީ އެވެސްތެދެއްވިއްޔާ މިވެސް ތެދަކަށްނުވެ ހިނގައިދާނެތޯއެވެ؟

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
ބުންވަރު
ބުންވަރު

ވަރަށްފުރިހަމަ ސަޅި ލިޔުމެއް.

wpDiscuz