މިއަހަރުގެ ޕްރެކްޓިސް އަށް ބޮޑު ތަރުޙީބެއް

ޝިޔާމް-މައުރޫފް ސޮކަރ ކަޕް 2017 އަށް ތައްޔާރުވުމުގެ ގޮތުން ” ޓީމް ލަންދޫ ” ގެ ޕްރެކްޓިސް ފަށައިގެން ވަރަށް ފޯރިޔާއިއެކު ކުރިއަށް އެބަދެއެވެ.  މިހަފްތާގައި ފެށި  ޕްރެކްޓިސް ކުރިއަށް ގެންދަނީ ޓީމްގެ އެސިސްޓެންޓް ކޯޗް އަހުމަދު ޝަރީފް ( ޝަރީބެ ) އާއި މަޖުދުއްﷲ އަބުދުއްރައްޒާޤު (މަޖޫ ) ބެލުމުގެ ދަށުނެވެ.

އެހެން އަހަރުތަކާއި ޙިލާފަށް މިއަހަރުގެ ޕްރެކްޓިސް ކުރިއަށް ގެންދިޔުމަށްމެނޭޖްމެންޓްގެ ހުރިހާ ބޭފުޅުން އަމަލީ ގޮތުން ބައިވެރިވެ ލައްވައެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރު މިހާތަނަށް ބޭއްވުނު ހުރިހާ ޕްރެކްޓިސްތަކެއްގައި ކުޅުންތެރިންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ފާހަގަކުރެވެއެވެ. އެހެން އަހަރުތަކުގައި ގަޑިޔަށް ހާޟިރު ނުވެވޭ

ކުޅުންތެރިން  މިއަހަރު ފެނިގެންދަނީ އެންމެ ކުރީ ދަނޑަށް ހާޟިރުވެ ، %100 ޕްރެކްޓިސް އަށް ދޭތަނެވެ.

މިއަހަރު މިމުބާރާތަށް މިހާބޮޑު ތަރުހީބެއް ކުޅުންތެރިންގެ ފަރާތުން ލިބިގެންދާ އެންމެ ބޮޑު ސަބަބެއް ކަމަށް ކުޅުންތެރިން ފާހަގަކުރަނީ މިއަހަރު ” ޓީމް ލަންދޫ ” އަށް އެކުލަވާލި މެނޭޖްމެންޓްގެ ފަރާތުން ލިބެމުންދާ  އެއްބާރުލުމާއި އެބޭފުޅުން އަމަލީގޮތުން ބައިވެރިވާ ބައިވެރިވުމުގެ ސަބަބުންކަމަށެވެ. މެނޭޖުމެންޓްގައި ހިމެނޭ ހުރިހާ ބޭފުޅުން ކުޅުންތެރިންނަށްވުރެ ކުރިން ދަނޑަށް ހާޟިރުވެ ، ކޯޗުންނަށް އެހީވުމާއި ޕްރެކްޓިސް ބަލާލުމަށް އަންނަ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ގޮޑިތައް ޖެހުންފަދަ ކަންތައްތައް ދަނީ ކުރަމުންނެވެ.  އަދި މިކަމުގައި އެންމެ އިސްދައުރެއް އަދާކޮށް ، މެނޭޖްމެންޓްގެ އެހެން މެމްބަރުންނަށް ނަމޫނާ ދައްކަވަމުންގެންދާ ފަރާތަކީ ” ޓީމް ލަންދޫ ” ގެ މެނޭޖަރ އަދި މިދައުރުގެ ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލް ޣަނީ އެވެ.

މިހާތަނަށް ބޭއްވުނު ހުރިހާ ޕޮރެކްޓިސް ބޭއްވިފައިވަނީ ހެޑް ކޯޗް ކުރީގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޑިފެންޑަރ އަދި ކެޕްޓަން އަލްފާޟިލް އަހުމަދު އިރުފާން (އިރޭ ) ގެ މަޝްވަރާގެ މަތިންނެވެ. ޓީމުގެ ހެޑްކޯޗް އަހުމަދު އިރުފާން (އިރޭ ) ރަސްމީކޮށް ޓީމާއި ގުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ޓީވް ވޯކް ރަގަޅު ކުރުމުގެ ގޮތުން ” ޓީމް ލަންދޫ ” މިއަންނަ ހޮނިހިރު ދުވަހު ބޮޑު ޕިކްނިކް އެއް ދިޔުމަށް ވަނީ ނިންމާފައެވެ. މިޕިކްނިކް ގައި ޓީމުގެ އިތުރުން ސަޕޯޓަރުންގެ ތެރެއިން ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަށް މެނޭޖްމެންޓެ ވަނީ ނިންމާފައެވެ.

 

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭ ލަންދޫގޮފިން ލަންދޫ ޒުވާނުންނަށް 20 ހާސްރުފިޔާ ހަދިޔާ ކޮށްފި.

ޝިޔާމް މައުރޫފް ސޮކަރ ކަޕް 2017 ގައި ލަންދޫ ފުޓްބޯޅަޓީމް ބައިވެރިވެފައިވާތީ އެޓީމަށް ހަދިޔާއެއްގެ ގޮތުގައި ނަގުދު ފައިސާ -/20000ރ. …

ޚިޔާލެއްދެއްވާ

avatar
މޮހޮރު
މޮހޮރު

ސާބަހޭ ކޯޗް … ކުރިއަށް ގެންގޮސްސަ ބަހައްޓާތި

wpDiscuz