މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފި

އިސްލާމީ މަރުކަޒުގައި މިދިޔަ އަހަރު ފިތުރު ޒަކާތް ބަހަނީ / ފޮޓޯ: ހަވީރު

މިއަހަރުގެ ފިތުރު ޒަކާތް ރާއްޖޭގައި މިއަދު ބަލައިގަންނަން ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީގެ މުޝްރިފް މުސާއިދު، މުސާ އަންވަރު ހަސަން މިއަދު މީޑިއާގައި ވިދާޅުވެފައިވަނީ  ފިތުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ފެށިގެން 12:00 ހަމައަށް ކަމަށެވެ. އަދި ރޯދަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މި އަހަރު މާލޭގައި ޒަކާތުގެ ގޮތުގައި ބޮލަކަށް އާދައިގެ ހަނޑުލުން ދައްކަންޖެހޭނީ 10ރ. ކަމަށާއި ތައިލެންޑު ހަނޑުލުން ނަމަ ބޮލަކަށް 36ރ. ކަމަށެވެ. ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 56ރ. އެވެ.

މިއަދަދުތައްރާއްޖެތެރޭގައި ބަދަލުވެގެންދާނެއެވެ. އެއީ އެރަށަކުން ހަނޑޫ ގަންނަން ލިބެން ހުންނަ އަގަކަށް ނިސްބަތްކޮށް ސަރުކާރުން ހަމަޖައްސަވާ ރޭޓެކެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީންނެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ޒަކާތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ އަވަށު އޮފީހަށެވެ.

އިސްލާމިކް މިނިސްޓީން ވިދާޅުވެފައިވަނީ އަތޮޅުތަކުގެ ރަށްރަށުން ފައިސާ ބަލައިގަންނަމުންދަނީ އެ ރަށެއްގެ ކައުންސިލު އިދާރާތަކުންނެވެ. އެހެންނަމަވެސް އަދި މިހާތަނަށް ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ވަރަށް މަދު ރަށެއްގައެވެ.

:

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ކެޓްބޯއީ
ކެޓްބޯއީ

ލަންދޫގަ ޒަކާތްަ ބަލައިގަންނަން ފަށާނީ ރޯދަމަހުގެ 15 ގެ ފަހުން އެއީ ކޮންމެ އަހަރަކު ވެސް ހަދާގޮތް އެހެން ހެދީމަ ރަގަޅެއްނޫން. އަސްލު ހަމަ ރޯދަމަހު ފުރަތަމަ ދުވަހުން ފެށިގެން އެހެން ރަށްރަށުގައިވެސް ބަލައިގަންނަ ފަދައިން ބަލައިގަންނަން ޖެހޭނެ. ސަބަބަކީ ސަރުކާރުން އެގޮތަށް އަމަލު ކުރުމަށް އަންގާފައޮތުމާއި، އަދި ރޯދަމަހުގެ ފުރަތަމަ 15 ގައި ރަށުގައި ހުރިމީހަކު ފަހު 15 ގައި ޖެހިދާނެ ކޮންމެވެސް ތާކަށް ދާންވެސް އެހެރަކަހަލަ ކަންކަން ހައްލުކުރުމަށް ކައުންސިލުން ޖެހޭނެ ވިސްނަން. އަނެއްކާ މިހާރު ކައުންސިލް އިދާރާގައި ސަޓަޔަށް މީހުން އެބަތިބި. ކުރީގައި ޔޫބެ އެކަނި ހުއްޓަސް މިހާރު އެބަތިބި ކަމެއްނެތިފައި ތިބޭ ބައިވަރު މީހުން.

wpDiscuz