މިއަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ލަންދޫސްކޫލްގައި ފާހަގަކޮށްފި.

މިއަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ވަރަށްކުލަގަދަގޮތެއްގައި ނ.ލަންދޫ ސްކޫލްގައި އެސްކޫލްގެ ޔުނެސްކޯ ކްލަބްގެ ފަރާތުން މިއަދު ފާހަގަކޮށްފިއެވެ.

ލަންދޫ ސްކޫލުން މިދުވަސް ފާހަގަކުރުމުގެ ގޮތުންވަނީ ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސްކޫލްގެ ކިޔެވުން މިއަދު ފަށާފައިވަނީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އެސެމްބްލީ އަކުންނެވެ. މިއެސެމްބްލީގައި މާދަރީ ބަހުގެ ދުވަހާގުޅޭގޮތުން އެކި އެކި މަޢުޟޫތަކަށް ދަރިވަރުން ވާހަކަދެއްކިއެވެ.

ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ލަންދޫސްކޫލްގެ ފަރާތުން ބޭއްވި އެންމެ ޚާއްޞަ އެއްކަމަކީ މާދަރީ ބަހުގެ ދުވަހާ ގުޅޭއެެކި އެކި މަޢުޟޫއު ތައް ހިމެނޭގޮތުން ބޭއްވި ވާހަކަދެއްކުމުގެމުބާރާތެވެ. މިމުބާރާތުގައި ވަރަށް ގިނަޢަދަދެއްގެ ދަރިވަރުން ބައިވެރިވެ ވަނީ ވާހަކަދައްކާފައެވެ.

މިއަހަރުގެ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ނ.ލަންދޫސްކޫލްގެ ފަރާތުން ކުރިއަށްގެންދިޔަ އެކިއެކި ހަރަކާތްތަކުގައި ލަންދޫ ސްކޫލްގެ ބެލެނިވެރިންނާއި، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަޢަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވަޑައިގެންފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގުމަތީގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ލަންދޫސްކޫލްގެ ދަރިވަރުންނަށް ދީފި.

ނ.ލަންދޫ ޕޮލިސްޓޭޝަން އާއި، ލަންދޫ ސްކޫލް ގުޅިގެން ލަންދޫސްކޫލްގެ ކީސްޓޭޖް 1 ގެ ދަރިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ މައުލޫމާތު …

ޚިޔާލެއްދެއްވާ

avatar
wpDiscuz