މިނިވަންދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ލަންދޫގައިވެސް ވަރަށްފުރިހަމައަށް ބޭއްވި.

މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބޭއްވި ދިދަނެގުމުގެ ޕްރޮގްރާމްގައި ލަންދޫކައުންސިލް ގެ ރައީސް ދިދަ ނަންގަވައިދެއްވަނީ / ފޮޓޯ : ލަންދޫއިންފޯ

ދިވެހިރާއްޖޭގެ 48 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މުޅިރާއްޖޭގައި އެއްވަގުތެއްގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު ލަންދޫގައިވެސް ވަރަށްފުރިހަމައަށް ކުރިއަށް ގެންދިޔައެވެ.

ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ލަންދޫސްކޫލާއި، ގުޅިގެން ރޭވި މި ޕްރޮގްރާމްގައި ދިދަނެގުމުގެއިތުރުން ދުއާކިޔުމާއި، ޤައުމީސަލާމް ކިޔުމާއި، އަދި ތަރާވީޙެއްވެސް އޮތެވެ.

ލަންދޫކައުންސިލް އިދާރާގެ ގޯތިތެރޭގައި ރޭ 9:50 ގައި ފެށިގެންދިޔަ މިރަސްމިއްޔާތުގައި ލަންދޫގައި މަސައްކަތްކުރާ ސަރުކާރުމުވައްޒަފުންގެ ތެރެއިން ގިނައަދަދެއްގެ ބޭފުޅުންބައިވެރިވެލެއްވިއެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުުމުގައި ލަންދޫކައުންސިލަށް ވަރަށް ފުރިހަމައަށް އެއްބާރުލުންދީފައިވާތީ ލަންދޫސްކޫލަށް ކައުންސިލުގެ ފަރާތުން ޝުކުރުދެންނެވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިވަންދުވަހުގެ ޚާއްޞަ ކުޅިވަރުތަކުގެ ތެރެއިން މިއަދު ހަވީރު އޮތީ ފުޓްބޯޅަމެޗް

އަހަރުގެ އުފާވެރި މިނިވަންދުވަހުދުވަސް ކުލަގަދަ ގޮތެއްގައި ނ.ލަންދޫގައި ފާހަގަކުރުމުގެ ގޮތުން ލަންދޫ ކައުންސިލުން އިސްނަގައިގެން ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާ …

ޚިޔާލެއްދެއްވާ

avatar
މީމު
މީމު

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ކައުންސިލަރުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ފެނިފައިނުވާކަށް ފާހަގަ ކޮށްލަން ޖެހެއެވެ.

wpDiscuz