މިހާތަނަށް އެއްވެސް ފުޓްބޯޅަ މުބާރާތެއްގައި ލަންދޫއަށް މާފަރު ބަލިކުރެވިފައެއް ނުވޭ

ނ.މާޅެންދޫގައި މީހާރު ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދަކީ ފާހަގަ ކޮށްލެވޭފަދަ ވަރުގަދަ މެޗެއް ކުޅެވޭނެ ދުވަހެކެވެ. ގްރޫޕް 1 ގެ އެންމެ ވަރުގަދަ އެއްމެޗުގެ ގޮތުގައި ގިނަބަޔަކު ބުނަމުން އަންނަ މިއަދުގެ މެޗުގައި ބައްދަލުކުރާނީ ނ.އަތޮޅުގެ ފުޓްބޯޅައިގައި ޒަމާނުންސުރެ އެންމެ ވާދަވެރި ދެރަށުގެ ގޮތުގައި ބެލެވޭ މާފަރާއި ލަންދޫއެވެ.

ލަންދޫގެ ފުޓްބޯޅައިގެ ތާރީޙުގައި އެންމެ ގިނައަދަދަކަށް އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތައް ކުޅެވިފައިވާ އެއްރަށަކީ މާފަރެވެ. އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތައް ކުޅެން ފެށުނުތާ ކުރީކޮޅު ގިނަމެޗުތައް މާފަރުޓީމުތަކުން ކާމިޔާބު ކުރިނަމަވެސް މިފަހަކަށް އައިސް ކުޅެވުނު އެކުވެރިކަމުގެ ގިނަމެޗުތައް ކާމިޔާބުކޮށްފައިވަނީ ލަންދޫގެ ޓީމުތަކުންނެވެ.  ކަންމިހެން ހުރިނަމަވެސް އަދި މިހާތަނަށް ވާދަވެރި އެއްވެސް މެޗަކުން މާފަރުގެ މައްޗަށް ލަންދޫގެ ފުޓްބޯޅަ ޓީމަކަށް ކުރިހޯދިފައެއް ނުވެއެވެ.  މިއީ މިއަދުގެ މެޗަށް ނިކުންނައިރު މާފަރުޓީމަށް ލިބިގެންދާނެ  ވަރަށްބޮޑު ޔަޤީންކަމަކާއި  ، ހިތްހަމަ ޖެހުމަކަށް ވާނެކަން ކަށަވަރެވެ.

މިއަދުގެ މެޗަށް ނިކުންނައިރު މާފަރުގެ ޓީމުވަރުގަދަ ކުރުމުގެ ގޮތުން އެރަށަށް ނިސްބަތްވާ ހުރިހާ މޮޅަތި ކުޅުންތެރިން މާފަރަށް ގެނެސްފައިވާއިރު ލަންދޫގައި މިވަގުތުހުރި އެންމެ ހުނަރުވެރި އެއްކުޅުންތެރިޔާ ކަމަށްވާ ހުސެއިން ޞަބާޙް(ޞޮއްބެ) އަށް މިއަދުގެ މެޗުގައިވެސް ނުކުޅެވޭނެއެވެ.

މިއަދުގެ މެޗަށް މިދެޓީމު ނިކުންނައިރު މެދެޓީމުންވެސް ވަނީ މިމުބާރާތުގައި އެއްމެޗު ކުޅެފައެވެ. އެގޮތުން ލަންދޫޓީމުން ކުޅުނު ފުރަތަމަ މެޗުން ކެނދިކުޅުދޫ އަތުން މޮޅުވެފައިވާއިރު މާފަރުޓީމުވަނީ މިލަދޫ އަތުން ބަލިވެފައެވެ. މިހެންކަމާއި އެކު މިއަދުގެ މެޗަށް މާފަރުޓީމުން ނިކުންނާނީ ވަރަށް ގަދަޔަށް ކަމަށްބެލެވެއެވެ. މިއަދުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 15.50 ގައި މާޅެންދޫ ފުޓްބޯޅަ ދަނޑުގައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz