މިހާތަނަށް އެންމެރަގަޅު ލީޑަރޝިޕް ކޮލިޓީއެއް ދައްކަވާފައިވަނީ ރައީސް ވަހީދާއި، ޔާމިން: ސަންދާން ލުތުފީ

2013ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނޭކަމަށް ބަލެވޭ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އެންމެ ރަނގަޅު ލީޑަރޝިޕެއް ދައްކަވާފައިވާ ދެބޭފުޅުންނަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމިންކަމަށް ސަންދާން ލުތުފީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ސަންދާނު ލުތުފީ ދިޓީވީގެ ހުކުރުދުވަސް މަސްއޫދާއިއެކު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، 2013 ގެ ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނޭކަމަށް ބެލެވޭ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕް ކޮލިޓީއާއި، ގާބިލްކަން ދެއްކުމުގައި ހުރިހާ ބޭފުޅުންވެސް ނުހަނު ބުރަކޮށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާރުގެ ރައީސް ޑރ. ވަހީދުވަނީ ފާއިތުވެދިޔަ ހަތް މަސްދުވަހުގެ ތެރޭގައި އެމަނިކްފާނުގެ ގާބިލްކަމާއި، ލީޑަރޝިޕް ކޮލިޓީ ސާބިތުކޮށް ދެއްވާފައިކަމަށް ލުޠުފީ ވިދާޅުވިއެވެ.

ޑރ. ވަހީދުގެ ވެރިކަމުގެ ފާއިތުވެދިޔަ ދުވަސްތަކުގައި ދިމާވި އުނގަދޫ ދަތި މަރުހަލާތަކުގައިވެސް ވަރަށް ސާބިތުކަމާއި، ކެރުމާއިއެކު ކުރިމަތި ލައްވައި، ކާމިޔާބް ހޯއްދެވި ކަމީ ވަހީދުގެ ގާބިލްކަން ހާމަވެފައިވާ ކަމެއްކަމަށް ލުތުފީ ވިދާޅުވިއެވެ. ލުޠުފީ ވިދާޅުވީ ލީޑަރޝިޕަށް ބަލާއިރު މިވަގުތު އެންމެ ރަގަޅަށް ދެން މަސައްކަތް ކުރައްވަމުންދާ ބޭފުޅަކީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމިންކަމަށެވެ. އެގޮތުން ޔާމިންވަނީ ފާއިތުވެދިޔަ މަދު ދުވަސްކޮޅުގައި އޭނާގެ ލިޑަރޝިޕް ކޮލިޓީއާއި ގާބިލްކަން ދައްކުވާފައިކަމަށް ލުތުފީ ވިދާޅުވިއެވެ.

ރިޔާސީ ރޭހުގައި މިވަގުތު ތިއްބެވި ލީޑަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ލީޑަރޝިޕް ދެއްކެވުމުގައި މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރައްވަންޖެހޭކަމަށްވެސް ސަންދާން ލުތުފީ ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ކުރާނެ
ކުރާނެ

ލުތުފީ ތިހެން ވިދާޅުވެގެން އަޅުަގަނޑުމެން ގަބޫލެއް ނުކުރާނަމެވެ، ލުތުފީ ތިއީ މިރާއްޖެ މިހިސާބަށް ގެންދިއުމުގައި އެންމެ ނުބައިބާ ކުޅުނު މީހާއެވެ. އަދި މިއަދު ލުތުފީ އެހެންބަޔެއްގެ ލީޑަރ ސިޕްގެ ވާހަކަ ދައްކާއިރު ތިމާގެ އިންޓެގްރިޓީ ، ތިމާގެ ލީޑަރ ސިޕް އަޅުގަނޑުމެންނަށް ވަރަށް ރީއްޗަށް މިހާރު އެގިއްޖެއެވެ. އެފަދަ ބޭފުޅަކު ދައްކާ ލީޑަރ ސިޕް އަޅުގަނޑުމެންނަށްވަނީ ބޮޑުޖޯކަކަށެވެ.

wpDiscuz