މިހާރުގެ ސަރުކާރު ހުއްޓުވުމަށް ކަންތައްތަކެއް ކުރެއްވުމަށް ވަކިދުވަހެއް ކަނޑައަޅައިދިނުމަށް ޕާޓީގައި އެދިވަޑައިގަންނަވާނެކަމަށް ކުރީގެ ރައީސް ވިދާޅުވެއްޖެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ހުއްޓުމަކަށް ގެނަސް ޑރ. ވަހީދަށް އޮފީހަށް ވަޑައިނުގެންނެވޭވަރުގެ ހަރަކާތްތަކެއް ހިންގުމަށް ތާރީޚެއް ކަނޑައަޅައި ދިނުމަށް އެމްޑީޕީގައި އެދިވަޑައިގަންނަވާނެ ކަމަށް އަމިއްލައަށް ވެރިކަމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިންސާފުގެ މައިދާނުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން އަންހެނުންގެ ދުވަހާއި ދިމާކޮށް ހަރަކާތްތަކެއް ހިންގުމަށް ރާވަމުންދާކަމަށާއި މި ހަރަކާތްތަކުގެ އިތުރުން މިހާރުގެ ސަރުކާރު މުޅިން ހުއްޓުވުމަކަށް ގެނައުމަށް އިހްތިޖާޖްކުރުމަށް ދުވަހެއް ކަނޑައަޅައި ދިނުމަށް އެމްޑީޕީގައި އެދިވަޑައިގަންނަވާނެކަމަށެވެ. އަދި ރައީސް ވަހީދުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތައް އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ޖަމާޢަތްތަކުން ގާތުން ބަލަމުން ގެންދާކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖޭގައި ހިނގަމުންދާ ޑިމޮކްރަސީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދުނިޔޭގެ އެންމެހައި ރައްޔިތުންނަށް ގޮވާލައްވާ ބޭރުމީހުންވެސް މިކަމުގައި އެމަނިކުފާނަށް އެހީތެރިވެދިނުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކުށް ސާބިތު ކުރުމުގައި އިޖުރާއަތަށް އިސްކަން ދޭންވީ ކީއްވެ؟

ޤާނޫނީ މާހިރުންގެ ބުނުންތަކަށް ބަލާއިރު އާއި އިސްލާމީ ޝަރީޢަތަށް ބަލާއިރުވެސް ކުށުގެ ޒިންމާ އުފުލުމަށް އިސްތިސްނާވާ ބައެއް ޙާލަތްތަކެއް ވެއެވެ. …

ޚިޔާލެއްދެއްވާ

avatar
Mohamed Fawaaz
Mohamed Fawaaz

varah salhi

wpDiscuz