މިހަފްތާގައި ލަންދޫ ފުޓްބޯޅަ ޓީމު ކެނދިކުޅުދޫ އާއި ދެކޮޅަށް

ލަންދޫ ފުޓްބޯޅަ ޓީމުން އެހެން އަހަރުތަކެކޭ އެއްގޮތަށް ކުރިއަށްގެންދާ ، އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗްތަކުގެ ތެރެއިން މިހަފްތާގައި ނ.ކެނދިކުޅުދޫގެ ފުޓްބޯޅަ ޓީމާއި  ބައްދަލު ކުރާގޮތައް ހަމަ ޖެހިއްޖެއެވެ.

މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ލަންދޫ ފުޓްބޯޅަ ދަނޑުގައެވެ. ލަންދޫ ޒުވާނުންގެ ފުޓްބޯޅަދަނޑުގެ މަރާމާތަށް މެޗުތައް ކުޅުން ހުއްޓާލުމަށްފަހު މިއަހަރުގެ ފުރަތަމަ މެޗް މިދިޔަ ހަފްތާގައި ވަނީ ކުޅެފައެވެ. އެމެޗުގައި މާފަރު ފުޓްބޯޅަ ޓީމާއި ބައްދަލުކޮށް 5 ލަނޑު 3 ލަނޑުން މެޗް ކާމިޔާބު ކުރީ ލަންދޫ ފުޓްބޯޅަ ޓީމެވެ.

ލަންދޫގެ ފުޓްބޯޅަ ޓީމާއި ކެނދިކުޅުދޫގެ ފުޓްބޯޅަ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 16 ވަނަ ދުވަހު ލަންދޫގައެވެ. އެމެޗަކީ މިނިވަން 50 ޗެމްޕިއަންޝިޕް އަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމުގެ މެޗެކެވެ. އެމެޗް 5 ލަނޑު 2 ލަނޑުން މޮޅުވެފައިވަނީ ލަންދޫގެ ފުޓްބޯޅަ ޓީމެވެ.

މިއީ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ‘ސިޔާމް މައުރޫފް ސޮކަ ކަޕް’ ފުޓުބޯޅަ މުބާރާތަށް ތައްޔާރުމުގެ ގޮތުން ފަށާފައިވާ ސިލްސިލާ ފުޓްބޯޅަ މެޗުތަކެއްކަމަށާއި މިމެޗްތަކުގައި ވީހާވެސް ގިނަ ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭނެކަމަށް ލަންދޫ ފުޓްބޯޅަ ޓީމުގައި މިވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ އިބްރާހިމް ސައުދު މައުލޫމާތު ދެއްވިއެވެ.

 

 

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

ގޮނޑިގެއްލުނު ބައެއް ބޭފުޅުން ސްޕްރީން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައި، އެދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz