މިހަފްތާތެރޭ މި އަތޮޅުގެ މަސް ކަނދުފަތި އެޅޭވަރުވާނެ – އަލިބެ

މިއަތޮޅުގައި އަޅާފައިވާ މަސްކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ އެތައް ދުވަހަކަށްފަހު އަލުންއަބުރާ މިހަފްތާތެރޭގައި މިއަތޮޅުގައި މަސްކަނޑުފަތި އެޅޭނެ ކަމުގައި ކެނދިކުޅުދޫ ދާއިރާގެ މިއަތޮޅު ، އަތޮޅުކައުންސިލް މެމްބަރ ނ. ކެނދިކުޅުދޫ އަލްފާޟިލް ޢަލީޝަރީފް ( އަލިބެ ) ހާމަކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަސްކަނދުފަތި ތަކެއް އެޅުމުގެ މަޝްރޫޢެއް ފަށާވާހަކަ އިޢުލާންކުރުމާއި ގުޅިގެން މިއަތޮޅުގެ ކަނދުފަތި އެޅުމުގެ ކަންތައް ގޮސްފައިވާ ހިސާބެއް ބަލާލުމަށް ” ލަނދޫއިންފޯ ” ގެ ފަރާތުން އަލިބެ އާއި ގުޅާލުމުން އަލިބެ ވިދާޅުވީ މިއަތޮޅުގެ ކަނދުފަތި މިދިޔަމަހުގެ 29 ގައި ކުރިން އަޅާގޮތައް އޮތްނަމަވެސް ތަފާތުކަންތައްތަކާއި ހުރެ ތަންކޮޅެއް ލަސްވުމަށްފަހު މިހަފަތާ ތެރޭގައި ކަނދުފަތި އެޅުމުގެ މަސައްކަތް ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ލިބިފައިވާ ކަމަށެވެ.

އަލިބެ އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި ކުރިއާއި ޚިލާފަށް މިފަހަރު ކަނދުފަތި އެޅުމުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވެލައްވާނީ ކޯސްޓް ގާޑާއި އެމްއެންޑީއެފްގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ރާއްޖޭގެ ގިނަ ސަރަހައްދެއްގައި މަސްވެރިކަން ރަނގަޅުވެ މަސްވެރިން މަސްބާނަމުން ދިޔަނަމަވެސް ނ.އަތޮޅު މާފަރު ބޭރުގައި އެޅިފައިވާ މަސްކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން ނ.އަތޮޅުގެ މަސްވެރިކަންވަނީ މިދުވަސްވަރު ވަރަށްބޮޑުތަން ދަށަށް ގޮސްފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ކަނދުފަތިއެޅުން މާދަމާ , މާދަމާ

ނ.އަތޮޅުގައި މަސްވެރިންގެ ލުއިފަސޭހައަކަށްޓަކައި ސަރުކާރުން އަޅާދެއްވާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ އެތައް ދުވަހެއް ވެފައިވީނަމަވެސް އަދިވެސް މިވަނީ އެކަނދުފަތި …

ޚިޔާލެއްދެއްވާ

avatar
ފެންނަގޮތް/ކުލަ ޔެލޯ
ފެންނަގޮތް/ކުލަ ޔެލޯ

ކޮން މި އަތޮޅެއް. ކ.އަތޮޅުތަ. ނޫނީ ވ. އަތޮޅުތަ؟

wpDiscuz