މާދަމާގެ އެއްވުމުގައި ޤާނޫނާ ޚިލާފު އެއްވެސްކަމެއް ކުރުމުގެ ޖާގައެއް ނުދޭނަން – ޕޮލިސް / އެމްއެންޑީއެފް

bodumuzaaharaa
ޖޭޕީ އަދި އެމްޑީޕީ އިސްވެއޮވެ މާދަމާ ބޭއްވުމަށް ރާވަމުންދާ ބޮޑު އެއްވުމުގައި ޤާނޫނާޚިލާފު އެއްވެސް ޢަމަލެއް ހިންގުމަށް ޖާގަ ނުދޭނެކަމަށާއި، އެފަދަ ޢަމަލެއް ހިންގަން މަސައްކަތް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށާއި، އަދި ވަގުތުން އެކަމެއް ހުއްޓުވާނެކަމަށް ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން މިރޭ ބުނެފިއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މާދަމާގެ އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާ ކަމަށް ފުލުހުންނަށް ގަބޫލުކުރެވިއްޖެ ނަމަ، އެ އެއްވުން ރޫޅާލާނެ ކަމަށާއި، އެކަމަށް ބޭނުންވާ ތަމްރީނާއި، ވަޞީލަތް ފުލުހުންނާޢި، ސިފައިންގެ އަތުގައި އެބަހުރިކަމަށެވެ. އަދި އެފަދަ އެއްވުމަކުން ހިނގާފާނެ ހަމަނުޖެހުމަކުން ލިބިދާނެ ގެއްލުމުގެ ޒިންމާ އެއްވުން އިންތިޒާމްކުރާ ފަރާތްތަކުން ނަގަންޖެހޭނެ ކަމަށް ވެސް އެބަޔާނުގައިވެއެވެ.
ގާނޫނީ ހަމަތަކުގެ ތެރެއިން ހިޔާލު ފާޅުކޮށް، އެއްވެ އުޅުމަށް ފުލުހުންނާއި ސިފައިން އެއްބާރުލުން ދޭނެ ކަމަށާއި، ޤާނޫނާ ޚިލާފު ނުވާހާ ހިނދަކު އެއްވުމަށް ހުރަސް ނާޅާނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި އެބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކު އެއްވުމުގައި ބައިވެރިވެއްޖެ ނަމަ، އެކަން ވަގުތުން ހުއްޓުވާނެ ކަމަށާއި ބިދޭސީންގެ ރައްކާތެރިކަން ފުލުހުންނާއި ސިފައިން ކަށަވަރުކޮށް ދޭނެ ކަމަށެވެ.
ސިފައިންނާއި، ފުލުހުން މިފަދަ ބަޔާނެއް މިހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ނެރެފައިވާއިރު އަތޮޅުތަކުން މާލެދާ މީހުން މިހާރުވަނީ ފުރާފައެވެ. އެއްވުމުގައި ބައިވެރިވުމަށްފަހު އެނބުރި އެމީހުން ރަށްރަށަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މުޒާހަރައެއްގައި ކުޑަކުއްޖަކު ލައްވާ ލަވައެއް ކިޔުންވި މައްސަލައެއް ބަލަނީ

އެމްޑީޕީން ބޭއްވި “މިންޖުވާން” މުޒާހަރާގެ ތީމް ލަވަ، ކުޑަކުއްޖަކު ލައްވައި ކިޔުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. “ބައެއް …

ޚިޔާލެއްދެއްވާ

avatar