މާދަމާއަކީ މިސްކިތު ހަފްތާގެ ގޮތުގައި ފާހަނގަކުރާ ދުވަސް

މާދައަކީ މިސްކިތު ހަފްތާގެ ގޮތުގައި ފާހަނގަ ކުރާދުވަހެވެ. މާދަމާގެ ހުހުރު ނަމާދުގައި މިސްކިތައް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުމުގެ  ގޮތުން މިސްކިތުގައި ހައިރާތު ފޮއްޓެއް ބެހެއްޓޭނެކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

މިގޮތުން ލަންދޫކައުންސިލް ޢިދާރާއިން ކުރެއްވި އިޢުލާނެއްގައިވާ ގޮތުން އަންނަ ރަމަޟާންމަހަށް ލަންދޫގެ މިސްކިތްތައް ޒީނަތްތެރިކޮށް މިސްކިތްތަކުގައި ކުރަންހުރި ކުދިކުދި މަރާމާތުތައް ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން މާދަމާގެ ހުކުރުނަމާދާއި ދިމާކޮށް ލަންދޫ ހުކުރުމިސްކިތް މަސްޖިދުލް ލުބާބުގައި ހައިރާތު ފޮއްޓެއް ބެހެއްޓޭނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހައި ރަށެއްގައިވެސް މިޕްރޮގްރާމް މަދަމާގެ ހުކުރުނަމާދާއި ދިމާކޮށް ކުރިއަށް ގެންދެވޭނެއެވެ. މާދަމާގެ ހުކުރު ޚުޠުބާވެސް ޙާއްޞަކުރެވިފައިވާނީ މިކަމަށްކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެވުނު އިތުރު މިސްކިތްތަކެއް މިއަދު ހުޅުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz