މާފަރު އެއަރޕޯޓްގެ މަސައްކަތް އަމަލީ ގޮތުން މިއަދު ފަށައިފި.

maafaru-airport
ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ ޑޮމެސްޓިކް އެއަރޕޯޓްގެ މަސައްކަތް މެދުކެނިފައި އެތައްދުވަހަކު އޮތުމަށްފަހު މިއަދު އަނެއްކާވެސް އަލުން ފަށައިފިކަމަށް މާފަރު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް އަހްމަދު ބަދީއު ވިދާޅުވެއްޖެއެވެ.
ބަދީއު ލަންދޫއިންފޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މަސައްކަތް ފެށުނުކަމުގައިވިޔަސް އަދި ކުރިއަށް އެދަނީ އެއަރޕޯޓް އަޅާ ސަރަޙައްދު ކޮށާސާފުކުރުމުގެ މަސައްކަތް ކަމަށެވެ. އޭނާވިދާޅުވީ މިމަސައްކަތުގެ ދަށުން އެއަރޕޯޓަށް އަލުން އިތުރުކުރި ބައިވެސް ސާފުކުރެވިގެންދާނެކަމަށެވެ.
މާފަރުގައި އެއަރޕޯޓެއް ހެދުމަށް ކުރެވުމުންމިދާ މަސައްކަތް މިފަހަރު މެދުނުކެނޑި ކުރިއަށްދާނެކަމަށް ވިދާޅުވަމުން ބަދީޢު ވިދާޅުވީ މިފަހަރު މި އެއަރޕޯޓް މާފަރުގައި އެޅޭނެކަމުގެ 100 ޕަސަންޓް ގެރެންޓީ އެބައޮތްކަމަށެވެ.
އެއަރޕޯޓްގެ މަސައްކަތް ނިމޭނީ ސީދާ ވަކިކޮންދުވަހަކު ކަން ވިދާޅުވާން ނޭންގޭކަމަށާއި، މިހާރު މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެކަމަށް ޔަޤީން ކުރައްވާކަމަށާއި، އެގޮތަށް މަސައްކަތްދާނަމަ ދެއަހަރެއްހާދުވަހުގެ ތެރޭގައި މުޅިން ނިމި ހިދުމަތް ލިބޭވަރުވާނެކަމަށް އުންމީދުކުރެވޭ ކަމަށްވެސް ބަދީޢު ވިދާޅުވިއެވެ.
މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ، އަށާރަ ސަތޭކަ މީޓަރުގެ ރަންވޭ އަކާއެކު، ޕްރައިވެޓް ޖެޓް ޕާކިން ސަރަހައްދެއް ހިމެނޭގޮތަށެވެ.
ނ އަތޮޅުގައި އެންމެ ފުރަތަމަ އެއާޕޯޓެއް ތަރައްގީ ކުރުމަށް އިއުލާނު ކޮށްފައިވަނީ ދެހާސް ހަތްވަނަ އަހަރުގައެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރި ނޫނު ހޮޓެލްސްއިން މަސައްކަތް ކުރިއަށް ނުގެންދާތީ، އެގްރިމެންޓް ބާތިލްކޮށް، މިލޭނިއަމް ކެޕިޓަލްއާއި މާފަރު އެއަރޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު ފަހުކޮޅުގައެވެ. މިލޭނިއަމް އަށް ވަނީ އެއާޕޯޓާއެކު، ރިސޯޓް ތަރައްގީ ކުރުމަށް ދެ ފަޅުރަށް ސަރުކާރުން ދޫކޮށްފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz