މާފަރުސްކޫލްގެ ޓީމެއް ކެނދިކުޅުދޫސްކޫލަށް މަޢުލޫމާތު ހޯދުމުގެ ދަތުރެއް ކުރަމުންއެބަދޭ.

ނ.މާފަރުސްކޫލް

ނ.މާފަރު ސްކޫލްގެ އޭލެވެލް ކުދިންނަށާއި، އެކުދިންނަށް ކިޔަވައިދެއްވާ ޓީޗަރުންނަށް ކަމާ ގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ކުރާދަތުރެއް މިއަދު އެސްކޫލްގެ ފަރާތުން ނ.ކެނދިކުޅުދޫ ސްކޫލަށް ކުރަމުންއެބަގެންދެއެވެ.

ނ.މާފަރު ސްކޫލްގެ ގ.ލީޑިންގޓީޗަރ އަލްފާޟިލް ޙަސަން އިބްރާހީމް ކެނދިކުޅުދޫގައި މިއަދު ހުންނަވައިގެން ލަންދޫއިންފޯއަށް ފޯނުން މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދަތުރަކީ މާފަރުގައި މިދިޔައަހަރު ގްރޭޑް 11 އުފެއްދުމާއި، ގުޅިގެން ކުދިންނަށާއި، ޓީޗަރުންނަށް އިތުރު މައުލޫމާތު ހޯދައިދިނުމުގެ ބޭނުމުގައި ކުރިން ޝެޑިއުލް ކުރެވިގެން ކުރައްވާ ދަތުރެއްކަމުގައެެވެ.

މިދަތުރުގައި މާފަރުސްކޫލްގެ ގްރޭޑް 11 ގައި ކިޔަވާ ހުރިހާދަރިވަރުންނާއި، ގްރޭޑް 11 އަށް ކިޔަވައިދެއްވާ ހުރިހާޓީޗަރުންނާއި، ލީޑިންޓިޗަރަކު ބައިވެރިވެލައްވާކަމަށް މަޢުލޫމާތު ލިބިފައިވެެއެވެ.

1 ދުވަހުގެ މުއްދަތަށް މިކުރާ ދަތުރުގައި ކެނދިކުޅުދޫ ސްކޫލްގެ ޓީޗަރުންނާއި، ދަރިވަރުންނާއި، ބައްދަލުކުރުމުގެ އިތުރުން އެރަށުގެ ޚާއްޞަ ތަންތަން ބަލާލުންވެސް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބިފައިވެެއެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz