މާފަރުސްކޫލަށް އޮފީސްއިމާރާތަކާއި، މާފަރު ޕްރީސްކޫލަށް އެއަރކޯން ދެއްވާނެކަމަށް ޝިޔާމް ވިދާޅުވެއްޖެ.

ވޭތުވެދިޔައަހަރުގެ މާފަރުސްކޫލްގެ އިނާމު ދިނުމގެ ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަނީ

ނ.މާފަރު ސްކޫލަށް އޮފީސް އިމަރާތަކާއި، ނ.މާފަރު ޕްރީސްކޫލަށް އެއަރކޯން ދެއްވާނެކަމަށް މީދޫދާއިރާގެ މެމްބަރު ސަންޓްރަވަލް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއެހީ ވެދެއްވާނެކަން ވިދާޅުވެފައިވަނީ ރޭ މާފަރުސްކޫލްގައި އޮތް އެސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާއަށް ވަޑައިގެން ސްކޫލްގެ އިސްވެރިންނާއި، ކުރެއްވި މަޝްވަރާތަކުގައެވެ. ނ.މާފަރު ސްކޫލް ހިންގުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލް މުޙައްމަދު އަދުނާނު މިއަދުވިދާޅުވީ ޝިޔާމް ދެއްވާ އެހީއަކީ ރަށުގެ ރައްޔިތުންނަށްޓަަކއި ދެއްވާ އެހީއެއްކަމަށާއި، އެހީގެ ދަށުން ދެއްވާގޮތަށް ހަމަޖެހިފައިވަނީ ހަމައެކަނި ތަކެތި ކަމަށްވެސް އެބޭފުޅާ ވިދާވިއެވެ. އެހެންވީމާ މަސައްކަތް ކުރަން ، އަޅުގަނޑުމެން ޖެހޭނީ އެހެންގޮތެއް ހޯދަން . ޝިޔާމް ދެއްވާނީ ހަމައެކަނި ތަކެތި. މާފަރު ސްކޫލްގެ ޕްރިންސިޕްލް ވިދާޅުވިއެވެ.

ހަމައެކަނި ތަކެތި ދެއްވި ކަމުގައިވިޔަސް އެއީ ވަރަށްބޮޑު އެއްޗެއް. އޮފީސް އިމާރާތް އެކުލެވިގެންވަނީ ސްޓާފްރޫމަކާއި، އޭވީ ރޫމަކާއި، އަދި ޕްރިންސްޕަލް ރޫމެއްވެސް ހިމެނޭ ގޮތުން ކަމަށްވާއިރު އެއިމާރާތް ފުދޭވަރަކަށް ބޮޑުވާނެކަމަށް މިބަލަނީ . އެހެންވީމާ މިދެންނެވީ އެއީ ވަރަށްބޮޑު ޚަރަދެކޭ. މޯޑު ވިދާޅުވިއެވެ.

މުޙައްމަދު އަދުނާނު އިތުރަށް ވިދާޅުވީ ޕްރީސްކޫލްގެ އެއަރކޯން ދެއްވާގޮތަށް ހަމަޖެހިގެން ދިޔައީ މާފަރުގައި އޮންނަ ޒުވާނުންގެ ޖަމިއްޔާއެއް ކަމުގައިވާ “ސޮސައިޓީ ފޮރ މާފަރު ޑިވެލޮޕްމަންޓް” (އެސް އެމް ޑީ ) އަށް ދެއްވާ އެހީއެއްގެ ގޮތުގައި ކަމަށެވެ.

މާފަރުގައި އެމްޑީޕީ އާއި، ޕީޕީއެމްގެ ކޯޅުންތަކެއް ހިނގަމުން ދާ މިދުވަސްވަރުގައި މާފަރުގެ ސިޔާސީ މަޝްރަހަށް ވަދެގެން މިދިޔައީ އިތުރު ސިޔަސީ ޕާޓީއެއްކަމުގައި އެރަށުގެ ބައެއްފަރާތްތަކުން ތުހުމަތުކުރެއެވެ. މިފަދަތުހުމަތެއް ކުރެވިގެންމިދަނީ މާފަރު ސްކޫލްގެ އިނާމްދިނުމުގެ ޖަލްސާގެ ޗީފްގެސްޓްގެ ޝަރަފް، މަޝްހޫރު ވިޔަފާރި ވެރިޔާ ކުޑަފަރި ޝިޔާމް އަށް މާފަރު ސްކޫލުން އެރުވިއިރު މިދުވަސްވަރަކީ ސިޔާމް ގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ( އެމްޑީއޭ ) އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުން ހޯދުމުގެ މަސައްކަތް ވަރަށްބާރު ސްޕީޑެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނަގަމުންދާ ދުވަސްވަރާދިމާވުމުން ކަމަށްވެސް ވެދާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރުގައި ބަޔަކު ވިހައްވެއްޖެ.

ނ މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެ، ނ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ. ނ އަތޮޅު ހޮސްޕިޓަލުން …

ޚިޔާލެއްދެއްވާ

avatar
ލަންދޫ އައްމަޑޭ
ލަންދޫ އައްމަޑޭ

މާފަރުގެ ސިޔާސީ ކޯޅުންގަނޑުގެ ތެރެއަށް އިތުރު ކޯޅުންގަނޑެއް ވަދެގެން ދިޔަކަމަށް މާފަރުގެ ބައެއް މީހުން ބުނާކަމަށް އާޓިކަލުގައި ލިޔެފައިވާއިރު މާފަރުން އެހެންބުނިމީހާގެ ނަމެއް ނެތީބާވައޭ ހިތަށް އަރައެވެ. މީހުން ނުކިޔާހާ އެއްޗެތި ލިޔެ ބަހަމުން ދާއިރު ރަށް ރަށާއި ، ފަރުދުންގެ ވެސް ހައްޤުތަކެއްވާކަން ހަނދުމަފުޅު ބަހައްޓަވާށެވެ…. ހެހެ ހޭ

ބެއްޔާ
ބެއްޔާ

ސާބަހޭ ސިޔާމޫ… ތިޔަހެން ތިބޭނީ މީހުންގެ ފިރިހެން ދަރިން.

wpDiscuz