މާފަރުގެ ޚިދުމަތްތެރިއެއްކަމުގައިވާ މުމްތާޒު ޒަކަރިއްޔާ ނިޔާވެއްޖެ!

              

ނ. މާފަރުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ކެޔޮޅު އަދި އޮޑިވެރިޔާ މުމްތާޒު ޒަކަރިއްޔާ މިއަދު ހެދުނުގެ 8.20 އެހައިކަށްހާއިރު ނ. އަތޮޅު ހޮސްޕިޓަލްގައި ނިޔާވެއްޖެއެވެ. އެޢާއިލާގެފަރާތުން މުޙައްމަދު ޙުސެއިން މަޢުލޫމާތުދެއްވި ގޮތުގައި މުމްތާޒު ޒަކަރިއްޔާ ނިޔާވެފައިވަނީ ކުއްލިގޮތަކަށް ބަލިވެ، ދެތިންދުވަސްވަންދެން އޮންނެވުމަށްފަހުގައެވެ. ނިޔާވީއިރު ޢުމުރަކީ 53 އަހަރެވެ. މަރުޙޫމްގެ މައްޗަށް ކަށުނަމާދުކުރެވި ވަޅުލެވިފައިވަނީ މިއަދުގެ މެންދުރުނަމާދަށްފަހު ނ. މަނަދޫ ޤަބުރުސްތާނުގައެވެ. އެމަރުޙޫމް ނިޔާވީއިރު އަނބިކަނބަލުންނާއި، 2 ފިރިހެންކުދިންނާއި 7 އަންހެންކުދިން އެބަތިއްބެވެ.

             މަރުޙޫމް މުމްތާޒު ޒަކަރިއްޔާއަކީ ނ. މާފަރުގެ ތަރައްޤީއަށްކުރެވޭ މަސައްކަތްތަކުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެތެރޭގައި ރަށުގެ ދެކުނު އަވަށުގައި ހެދިފައިވާ އިޖުތިމާޢީ މަރުކަޒު ބިނާކުރުމުގައި ހޭދަކުރެއްވުމުގެ އިތުރުން ރަށު ސްކޫލްގައި ހެދިފައިވާ ގަސްބުރުތައް ރޭނުމުގައާއި އަދި ސްކޫލް ގޭޓް ހެދުމުގައި އެހީތެރިވެދެއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް އިޖުތިމާޢީ މަސައްކަތްތަކުގައި ރަށުގައި އިސްސަފުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

            މަރުޙޫމް މުމްތާޒު ޒަކަރިއްޔާގެ ޢާއިލާއަށް ކުރިމަތިވެފައިވާ ފުންހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތައުޒިޔާ ކިޔަމެވެ. އަދި މިނޫހުގެ ފަރާތުން އެދެނީ އެމަރުޙޫމްގެ ޢާއިލާއަށް މާތްﷲ ކެއްތެރިކަން ދެއްވުމެވެ. އަދި އެމަރުޙޫމަށް މާތްﷲ ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރައްވާށިއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

115 މިލިއަން ރުފިޔާ ނޮޅިވަރަމުގެ ތަރައްޤީއަށް މިސަރުކާރުން ޚަރަދު ކުރައްވާފައިވާނެ – ރައީސް

ނޮޅިވަރަމަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ މުހިންމު ރަށެއްކަމަށާ، މިސަރުކާރުގެ ހަތަރު އަހަރާއި ބައިގެ މުއްދަތުގެތެރޭގައި 115 މިލިއަން ރުފިޔާ …

ޚިޔާލެއްދެއްވާ

avatar
ރައްޓެއްސެއް
ރައްޓެއްސެއް

އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން

ނާޞިރު / ލަންދޫ
ނާޞިރު / ލަންދޫ

އެންމެދަންނަ އެންމެނާއި ނުހަނުގުޅުންއޮންނަ ހިތްހިޔޮ މިޒާޖެއްގެ މިފަދަ ރައްޓެއްސަކު އަބަދުގެ އަބަދަށް އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ ޚަބަރު ލިބުމުން ލިބެންދިޔައީ ކުއްލި ޚައިރާންކަމެކެވެ. ނަމަވެސް މިދުވަހަކީ ކޮންމެ އިންސާނަކު ދެކޭނެދުވަކަށްވާތީ ހިތްވަރުކޮށް ކެތްތެރިކަން އިސްކުރީމެވެ. މާތްﷲ މި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. ” އާމީން “

ފަރުހާދު ހުސައިން ސާމަރާގެ ނ.ލަންދޫ
ފަރުހާދު ހުސައިން ސާމަރާގެ ނ.ލަންދޫ

އަލްމަރުހޫމު މުމްތާޒް ނިޔާވި ޚަބަރު އެހީ ވަރަށް ފުންހިތާމަޔާ އެކުގަ. މިހިނދު މުމްތާޒްގެ ޢާއިލާއަށް ކުރިމަތިވެފައިވާ ފުންހިތާމައިގައި އަޅުގަނޑާ އާއިލާއިން ބައިވެރިވެ މަރުހޫމް މުމްތާޒްގެ ޢާއިލާއަށް ތައުޒިޔާ ކިޔަމެވެ. އަދި އެމަރުޙޫމަށް މާތްﷲ ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރެއްވުން އަދާ ދުއާކުރަން..

މުމްތާޒުގެ ރައްޓެއްސެއް.
މުމްތާޒުގެ ރައްޓެއްސެއް.

މުމްތާޒް އަކީ ގާތއެކުވެރިންނަށް ނުހަނު އިޚްލާޞްތެރި ހެޔޮ ރަގަޅު ރަޙްމަތްތެރިއެކެވެ. އެފަދަ ރަހްމަތްތެރިއަކު ބީވެގެން ދިއުމަކީ ނުހަނު ހިތާމަކުރަންޖެހޭކަމެކެވެ. މުމްތާޒްގެ އެންމެ ޚާއްޞަ އެއް ސިފައަކީ އޭނާގެ އަތުގައި އޮތް ކޮންމެ އެއްޗެއްވެސް އަނެކާއަށް ދޭކަށް ޖެހިލުމެއްނުވާނެއެވެ. ވަރަށް ދީލަތި ހުޅުވާލެވިފައިވާ އަތެކެވެ. އެ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.