މިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޑަފަރި އެފްސީ ފަހަތުން އަރާ ބަލިކޮށް އެފްސީ މާފަރުން މުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.
މިއަދުގެ މެޗުގައި މާފަރު ޓީމުގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ކުޑަފަރު އެފްސީގެ ޖާބިރު ހަސަން އެވެ. ނަމަވެސް މުޅިމެޗުގައިވެސް މޮޅަށް ކުޅެމުން ދިޔަ މާފަރުންވަނީ މެޗުގެ ނަތީޖަ ހަމަހަމަކޮށް މެޗުގެ އިތުރު ވަގުތުގައި ކުޅެން ނިކުތް ޖުމެއިލްގެ ގޯލުން 2 ލަނޑު 1 ލަނޑުން ކުޑަފަރި އެފްސީ ބަލިކޮށްފައެވެ. މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މިއަދުގެ މެޗުގައި މާފަރަށް ފުރަތަމަ ގޯލްކާމިޔަބު ކޮށްދިން އަފްރާޙް މުޙައްމަދެވެ.
މި ގްރޫޕްގައި ފަސްޓީމު ހިމެނޭއިރު މިގްރޫޕްގެ ޕޮއިންޓް ޓޭބަލްގެ އެންމެކުރީގައި އުޅެނީ މާފަރާއި ކުޑަފަރިއެވެ. މިއިން ކޮންމެ ޓީމެއް 3 މެޗުކުޅެ ލިބިފައިވަނީ 6 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އުޅެނީ ކުޑަފަރިއެވެ. މިގްރޫޕްގައި ދެން ހިމެނޭ މަގޫދޫއަށް ދެމެޗުން 3 ޕޮއިންޓް ލިބިފައިވާއިރު ލަންދޫއަށާއި ވެލިދޫ އަށް 2 މެޗުން ލިބިފައިވަނީ އެއްޕޮއިންޓެވެ.
މި މުބާރާތުގައި މާދަމާވެސް އޮންނާނީ ގްރޫޕް – އޭ ގެ މެޗެކެވެ. ބައްދަލުކުރާނީ މަގޫދޫ އާއި ލަންދޫއެވެ. މެޗުފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.
ޚިޔާލެއްދެއްވާ