މާޅެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް ބަދަލުކުރުގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފި

ފެނަކައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފެނަކަ
ފެނަކައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފެނަކަ

ނ.މާޅެންދޫ ކަރަންޓް ކޭބަލް ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް މިއަދު ބަޔަކާ ޙަވާލުކޮށްފިއެވެ.

މިއަދު ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މާޅެންދޫގެ މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏަށެވެ. މިމަސައްކަތް ކުރަން އެކުންފުނިން ހަވާލުވީ 1.8 މިލިއަން ރުފިޔާގެ އަގަކަށެވެ.

މާޅެންދޫ ކަރަންޓް ކޭބަލް ނެޓްވޯކް ބަދަލުކުރުމަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓާއި ހަވާލުކުރުމަށްފަހު ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރުގެ ކަރަންޓް ޔަގީންކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

މިއަދު ދެން އެ ރަސްމިއްޔާތުގައި ސޮއިކުރީ ހއ.އުލިގަމު އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައެވެ. އުލިގަމުގެ މަސައްކަތް 196 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ ވެލްޑިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏަށެވެ. މިމަސައްކަތް ކުރަން އެކުންފުންޏާ ހަވާލުކޮށްފައިވަނީ 4.7 މިލިއަން ރުފިޔާގެ އަގަށެވެ.

މިރަސްމިއްޔާތުގައި މާޅެންދޫއާއި އުލިގަމު ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކަރަންޓް ކެނޑުމުގެ މައްސަލައަށް ޙައްލެއް ނުލިބިގެން ލަންދޫގައި އިޙްތިޖާޖް ކޮށްފި.

މިފަހަކަށް އައިސް ނ.ލަންދޫގައި އިރުއިރުކޮޅާ ކަރަންޓް ކެނޑި ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވަމުން ގޮސް ގިނަދުވަސްތަކެއް މިކަމަށް ޙައްލެއްނުލިބި ދާންފެށުމުން ބަޔަކު …

ޚިޔާލެއްދެއްވާ

avatar
ބޮޑާބެ
ބޮޑާބެ

ކުދިންނޭ ތިޔައި ހަޤީޤަތެއްނޫން .. ތިޔައި ހަމަ ކުލަފޮޓޯ.. ހޭއަރާ .. ކޮބައި މާޅެންދޫގައި ބިންގާއެޅި މިސްކިތް އަޑިއަށްތަ ހެދެނީ؟