މަޝްޙޫރު ޓީމްތަކުގެ ފެށުން ރަނގަޅު ކޮށްފި

ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި އަދި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ކުޅުން ރޭ ފެށި އިރު ޔޫރަޕްގެ ނަން މަޝްޙޫރު ޓީމްތަކުން ވަނީ އެޓީމްތައް ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފައެވެ.

މުބާރާތައް ގުރުއަތު ލީންސުރެން އެމެޗަކަށް ޓަކައި ގިނަބަޔަކު އިންތިޒާރު ކުރަމުން ގެންދިޔަ ޔޫރަޕްގެ އެންމެވަރުގަދަ ލީގުތައް ކަމުގައިވާ އިންގުލިސް ޕްރެމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ސްޕެނިސް ލަލީގާގެ ޗެމްޕިއަން ރިއަލް މެޑްރިޑްގެ ކުރިމަތިލުން ވެގެން ދިޔައީ ގިނަ ބަޔަކު ހީކުރި ގޮަތައް ފޯރިގަދަ ވާދަވެރި ކުރިމަތި ލުމަކަށެވެ. ދެޓީމްގެ ފަރާތުންވެސް ފޯރިގަދަ ހިތްގައިމު ބަލާހިތްވާފަދަ  ކުޅުމެއް ފެނިގެން ދިޔަ މި މެޗް ރިއަލް އިން ކާމިޔާބު ކުރީ މެޗްގެ އެންމެފަހު ވަގުތު ކޮޅު ތެރޭ ކްރިސްޓިއާރނޯ ރޮނަލްޑޯ ކާމިޔާބުކޮށްދިން ގޯލާއިއެކު 2 ލަނޑު 3 ލަނޑުން ނެވެ.

ދުނިޔޭގެ މަޝްޙޫރު ކުޅުންތެރިން ހޯދައިގެން ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑުބާރަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ފްރާންސްގެ ޕީއެސްޖީ ވެސް ވަނީ ރޭގައި އެޓީމް ކުޅުނު ފުރަތަމަ މެޗް ފަސޭހަކަމާއިއެކު ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް އަތުން 4- 1  އިން މޮޅުވެފައެވެ. ހަމަ މި އާއި އެކު ބޮޑުބަދަލަކާއި އެކު މިއަހަރުގެ ސީޒަނާއި ކުރިމަތިލި އިގިރޭސި ވިލާތުގެ އާސަނަލް ވެސް ވަނީ ރޭގައި ކުޅުނު މެޗުން މޮޅުވެފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗްތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި އިޓަލީގެ ޗެމްޕިއަން ޔޫއެންޓާރސް ބައްދަލް ކުރާ މެޗެވެ. މީގެ އިތުރުން  އިގިރޭސި ވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑާއި ތުރުކީގެ ގަލަޓަސަރާއީއާ ބައްދަލްކުރާ މެޗް ފާހަގަ ކޮށްލެވެއެވެ. މިރޭގެ މެޗްތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ރޭގަނޑު 11:45 ގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޗެމްޕިއަންސް ލީގު ފައިނަލްގައި ބަޔާން އާއި ރެއާލް

ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިފަހަރު ކުޅޭނެކަމަށް ގިނަބަޔަކު މިހާރު …

ޚިޔާލެއްދެއްވާ

avatar