މަޝްހޫރު ފިލްމީތަރި ޝީލާނަޖީބުގެ ބައްޕަ ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެ.

ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލު އަދި ލިޔުންތެރިއެއްކަމުގައިވާ ޢުމުރުން 65 އަހަރުގެ އަޙުމަދު ނަޖީބު (ކެރެޓް ނަޖީބު) މިރޭގެ އިރުއޮއްސޭރުގެ ވަގުތެއްގައި މ. މަޝްރޫރާގޭގައި ވަޅިންހަމަލާދީ ވަރަށް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައި އޮށްވާ ފެނިއްޖެއެވެ. ނަޖީބުބެ ދަރިކަނބަލުން މަޝްހޫރު ފިލްމީތަރި ޝާލާ ނަޖީބުގެ ފިރިކަލުން ވިދާޅުވިގޮތުގައި ނަޖީބު އަވަހާރަކޮށްލާފައިވަނީ ދިރިއުޅުއްވާ ގެކޮޅު މ.ކެރެޓްގައި އުޅުއްވަނިކޮށް މަޝްރޫރާގެއަށް ގެންގޮސްގެންކަމަށެވެ.

ނަޖީބު އަވަހާރަކޮށްލުމަށްފަހު މަޝްރޫރާގޭގެ ކޮޓަރިއެއްތެރޭގައިހުރި ޑަސްބިނެއްގެތެރެއަށް އެއްލައިލާފައިވާކަމަށް ލަންދޫއިންފޯއަށް ވަނީ މިހާރު ކަށަވަރުވެފައެވެ. މިޙާދިސާއާއި ގުޅިގެން މ. މަޝްރޫރާ އަޙުމަދު މުއްރަތު މިހާރުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. މުއްރަތަކީ ނިމިގެންދިޔަ ރައީސް ނަޝީދުގެ ސަރުކާރުން ދެވަނަ ފުރުޞަޠުގެދަށުން ޝަރުޠު ހަމަނުވެ މިދިޔައަހަރުގެ އޮގަސްޓްމަހުގެ 18 ވަނަދުވަހު ދޫކޮށްލާފައިވާ މީހެކެވެ. މިޙާދިސާއާއި ގުޅުންހުރި އެންމެހައި ފަރާތްތަކާއި ސުވާލުކޮށް މައްސަލަ ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz