މަސްތުވާ ތަކެތި ހުރިތޯ ޗެކުކުުރުން – ޢާއްމު އުނދަގުލެއް

މާފަރުބޯޓުން މިއަދު ލަންދުއަށް ބޭލި މުދާ ފުލުހުން ޗެކްކުރައްވަނީ - ޢާއްމުންގެ ގިނަބަޔަކު ކައިރީގައ ބަލަންތިބި / ފޮޓޯ: ލަންދޫއިންފޯ

މިހާރަކަށް އައިސް މާލޭން ރަށަށް އަންނަކޮންމެ ފަހަރަކުމެ ގެންގުޅޭ އެތިކޮޅު ( އަތްދަބަސް، ތަންމަތިބޮނޑި، ހަދިޔާ ކޮތަޅު ފަދަތަކެތި ) ރަށުއެންމެގެ ކުރިމަތީގައި ބަންޑުންޖަހާލާ ، ހާވާ ހަދަން އެބަޖެހެއެެވެ. ބަޔަކު އާދަވެގެން ކުރާ ބޮޑު ނުބައިކަމެއްގެ ސަބަބުން ހަމަ ކޮންމެ ރައްޔިތަކަށް މިކަން ދިމާވުމަކީ ބަލައިގަނެވޭނޭކަމެއްނޫނެވެ.

ފުލުހުންގެ ޤާނޫނު ބުނާގޮތުން ހަމަ ކޮންމެ ދަނޑިވަޅެއްގައި ވެސް ހަމަ ކޮންމެމީހަކާވެސް ސުވާލުކުރެވިދާނެއެވެ. އަދި އެމީހެއްގެ އަތުގައި ހުންނަ ތަކެއްޗާއި، ގެންގުޅޭ ތަކެތިވެސް ޗެކްކުރެވިދާނެެއެވެ. އެއީ އެކަމަކު ކަމަކަށް ޝައްކުވެގެންނެވެ.

މިދުވަސްވަރަކީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ ދުވަސްވަރެކެވެ. ޚާއްޞަކޮށް މާލެއިން ރާއްޖެތެރެއަށް މަސްތުވާތަކެތި ގެނައުމުގެ ސިލްސިލާ އެއް ފެށި އެކަންތައް ކަންބޮޑުވާ މިންވަރަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެކެވެ. މާލެ ދަތުރު ކުރާ އުޅަނދުފަހަރުގައި އުޅޭ ފަޅުވެރިންނާ ގުޅާލައިގެންނާއި، ފަސިންޖަރުން ގެންގުޅޭ ފޮށިފޮށްޓަށް ލައިގެންނާއި، ކޮންއެއްޗެއްކަން ނޭންގޭގޮތަށް ބަންދުކުރުމަށްފަހު މީސްމީހުންނާ ޙަވާލުކޮށްގެންވެސް މަސްތުވާތަކެތި މިދަނީ ރަށްރަށަށް އެތެރެކުރަމުންނެވެ. އަދި މިފަދަ ކޭސްތައް ގިނަޢަދަދަކަށް ފުލުހުން ގެ ބުރަމަސައްކަތުން މިދަނީ ހޯދާ އެފަދަމީހުން ހިފާ ހައްޔަރުވެސް ކުރަމުންނެވެ.

ފުލުހުން އެކުރައްވަނީ އެބޭފުޅުންނަށް ޝުކުރު ޙައްޤުވާފަދަ ޒިންމާދާރުކަން ބޮޑު ޤައުމީ ބުރަ މަސައްކަތެއްކަން ކަށަވަރެވެ. ޚާއްޞަކޮށް ނ.އަތޮޅު ޕޮލިސް ފާހަގަވެގެން ދަނީ އެހެން ބައެއް އަތޮޅުތަކަށް ނަމޫނާއަކަށްވާ ފަދަ ރަގަޅު ގޮތެއްގައެވެ.

މަސްތުވާ ތަކެތި ބޭނުންކުރުން ހުއްޓުވުމާއި، އެތަކެތި ވިއްކުމުގެ ވިޔާފާރި ހުއްޓުވާ ، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމުގައި ކުރީގެ އެމްޑީޕީގެ ސަރުކާރުންވެސް އަދި އޭގެ ކުރީގެ ދިގު 30 އަހަރުގެ ސަރުކާރުންވެސް ނުހަނު ހަރުދަނާ ފިޔަޅުވަތަކެއް ވަނީ އަޅުއްވާފައެވެ. އަދި ގިނަޢަދަދެއްގެ ޒުވާނުން ހައްޔަރުކޮށް އެމީސްމީހުންގެ އަތުން ގިނަޢަދަދެއްގެ މަސަތުވާތަކެތިވެސް ވަނީ އަތުލައިފައެވެ. އެހެނަސް މިއަދާހަމައަށް އައިއިރުވެސް މިކަމަށް މިވަނީ އެއްވެސް ރަގަޅު އެދެވޭ ހައްލެއް އަދިވެސް ނުލިބިއެވެ.

އެހެނެއްކަމަކު ފުލުހުންގެ މަސައްކަތަކަށް ވަރުބަލިކަމެއް ނާދެއެވެ. މާލެ ދަތުރު ކުރާ ކޮންމެ އުޅަނދެއް ބަލާ ފާސްކުރުމުގައި އެބޭފުޅުން އެތިއްބަނީ އަތުކުރި އޮޅާލައިގެންނެވެ. އެކަަމަށް ވަގުތުން ތައްޔާރުވެގެންނެވެ. އަޅުގަނޑުމެންނަށް އެނގެނީ ނ.އަތޮޅުގައި މިކަން ހިނގާ އުޞޫލެވެ.

މާފަރު ބޯޓު ، ލަންދޫބޯޓު އަދި ވެސް އެހެން ރަށްރަށަށް ނިސްބަތްވާ ބޯޓުފަހަރު މާލޭން އަންނަގޮތަށް އައިސް ފުރަތަމަ ބަނދަރު ކުރާ ރަށުން ( މަނަދޫން ) ފެށިގެން އެއަންނަނީ ޗެކްކުރަމުންނެވެ. ވަކިވަކި ފަރުދުންގެ ތަންމަތި ބޮނޑިއާ ހަދިޔާކޮތަޅުތައް ބަލާފާސްކުރަމުންނެވެ. ވަކި މީހެއްގެ އެއްޗަކަށް ވީތީއެއްނޫނެވެ. ވަކިމީހަކަށް އަމާޒުކޮށްގެން މަދުފަހަރެއްގައި ފާރަލިޔަސް ގިނަފަހަރަށް އެބޭފުޅުން ޗެކުރައްވަނީ ހަމަ އެދަތުރަކު މާލެން އަންނަ އެންމެންގެ އެއްޗިއްސެވެ.

އެއީ ހަމަ ރަގަޅު ކަމެކެވެ. އެކަންވާނީވެސް އެހެންނެވެ. ޤަބޫލުކުރަން ޖެހެއެވެ. ހަމަ ކޮންމެ މީހަކުވެސް މިފަދަ ނުބައި ކަމެއްކޮށްފާނެއެވެ. އަދި ހަމަ ކޮންމެ މީހެއްގެ ދަބަހަށްވެސް އެހެންމީހަކުވެސް މަސްތުވާތަކެތި އަޅާފައި ހުރެދާނެއެވެ. މިއިންކޮންމެ ގޮތަކުންވެސް މަސްތުވާއެއްޗެއް ރަށަށް އެތެރެވެއްޖެނަމަ އެއީ ވަރަށްބޮޑު ކަމެކެވެ. ކަންބޮޑުވާންޖެހޭކަމެކެވެ. އަޅުގަނޑުމެން އެންމެވެސް އެކަމާ ވިސްނާ ފިކުރުކޮށް ފުލުހުންނަށް އެބޭފުޅުން އެކުރައްވާ މަސައްކަތަށް އެއްބާރުލުންދީ އެކަން ހުއްޓުވޭތޯ އަޅުގަނޑުމެންނަށްވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭވަރުގެ ބިރުހުރި ބޮޑުކަމެކެވެ.

އާދެ! ކަމުގެ ބާވަތުން ފުލުހުންވެސް އެބޭފުޅުން އެކުރައްވާ މަސައްކަތް ކޮންމެވެސް އެހެން ގޮތަކަށް ބައްޓަން ކުރާން ވެއްޖެކަމުގައި މިއަދު ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެންމެންގެ ކުރިމަތީގައި ހުރިހާ އެއްޗެއް ހުޅުވާ ޗެކްކޮށްހެދުމަކީ އެފަދަކަމަކަށް ތައްޔާރުނުވެ ތިބޭ ބަޔަކަށް ބައެއްފަހަރު ވަރަށް ލަދުވެތިކަމެކެވެ. އެހެންމީހުންނަށް ދައްކަން ބޭނުންނޫން ކިތަންމެ ކިތަންމެ އެއްޗެއް މީސްމީހުންގެ ފޮށީގައި ނުވަތަ ދަބަހުގައި ހުންނާނެއެވެ. އެފަދަ ތަކެތި އެންމެންގެ ކުރިމަތީގައި ދައްކާކަށް އެންމެންނަކު ބޭނުމެއްނުވާނެއެވެ.

މިކަން ފުލުހުންވެސް ދަންނައެބަޖެހެއެވެ. ވަކިބަޔަކު ކުރާ ކުށެއްގެސަބަބުން އެންމެންނަށް ޢާއްމުވެގެންދާފަދަ އަދަބެއްދިނުމަކަށް ޤާނޫނު އަސާސީ ތަނެއްނުދެއެވެ. ކޮންމެ މީހެއްގެ އަބުރާ ، މުދަލާ ، އަދި ގޯތިގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަނާއި، ތަކެއްޗެވެ. ކޮންމެ މީހަކުމެ މިކަމަށް ސަމާލުވާން އެބަޖެހެއެވެ.

ފުލުހުންނަށްވެސް މިކަން ކުރެވިދާނެ ގޮތްގޮތް އެބަހުއްޓެވެ. މިސާލަކަށް މިއަދު ލަންދޫގައި އެބޭފުޅުން މަސައްކަތް ކުރެއްވި ގޮތަށް ކުޑަގޮތަކަށް ބަލާލަމާތޯއެވެ. މާފަރުބޯޓު ބަނދަރު ކުރުމާއި އެކު ފުލުހުން އެބޭފުޅުންގެ ބައުންޑްރީ ވަކިކޮށްލެއްވިއެވެ. ޓޭޕް ބޭނުންކޮށްގެން އިންވަކިކޮށްލެއްވިއެވެ. އަދި އެ އިމުގެ ތެރެއަށް ބޯޓުން ބާލާ ހުރިހާމުދަލެއް ބޭލުއްވިއެވެ. ޗެކްކޮށްފާ ނޫނީ އެތަނުން ބޭރަށް ގެންދިޔަކަ ނުދެއްވައެވެ.

ހަމަ އެކަނި މައްސަލައަކަށް ވެގެން ރަށުގެ ގިނަމީހުން މިއަދު ފާހަގަކުރީ ކުރިންވެސް ދެންނެވިފަދައިން ތަކެތި ބަލާފާސްކުރާއިރު އެތަނުގައި ގިނަޢަދަދަކަށް ޢާއްމުން ތިބޭމައްސަލައެވެ. ކޮންމެ ފަދަ އެއްޗެއް އޮތަސް އަދި އެ ބަލާފާސްކުރާ ފޮށީގައި ނުވަތަ ދަބަހުގައި މަސްތުވާއެއްޗެއް ނެތަސް އެންމެންގެ ކުރިމަތީގައި ހާމަކޮށްލާ ކޮށްލުމެވެ.

މީގެ ބަދަލުގައި ކޮންމެ އެއްޗެއް ކަނޑާއިރުވެސް އެއެއްޗެއްގެ ވެރިމީހާ ފިޔަވާ އެެހެންމީހުންނަށް އެ ތަނަށް ކައިރިނުވެވޭ ގޮތަށް މަަނާކުރައްވާނަމަ ފުލުހުން މިއަދު އެކުރައްވާ މަސައްކަތް އަދި މިހާރަށްވުރެވެސް ބޮޑަށް ޢާއްމުން ޝުކުރުވެރިކަމާއި ހިތްހަމަ ޖެހުމާއި އަދި އިތުބާރާ ޔަޤީންކަމާއެކު ބަލައިގަންނާނެކަން ކަށަވަރެވެ.

ނިމުނީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފި.

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްވެތިބެ ހިންގާ ސިލްސިލާ ކަންތައްތަކުގައި …

ޚިޔާލެއްދެއްވާ

avatar
ްިައިސްހާޤު
ްިައިސްހާޤު

ފުލުހުންގެ މަސައްކަތަށް ހަމަސާބަސް

އިބުނު ޙާރިސް
އިބުނު ޙާރިސް

ސްރޭސް މެން ވިސްނަނީ އެއްމެން ދިމާއަކުން . މާޅެންދޫ، ކެނދިކުޅުދޫ ، ކުޑަފަރި ތަންތަނަކީ އަބަދު ޕޮލިސް ގޮސްގެން ޗެކް ކޮށް ހަދާތަންތަން އެހެންވީމާ އެމީހުންނަކަށް އެކަންކަން ނުވާނެދޯ އާކަމަކަށް.

މުހައްމާ
މުހައްމާ

އަސްލު މިއީ ވަރަށް ރަނގަޅު ލިޔުމެއްކަމަށް ދެކެން ، މިލިޔުމާއި މެދު ފުލުހުން ފުންކޮށް ވިސްނަވާ މިކަން މިނޫންގޮތަކަށް ކުރެއްވޭތޯ ބެއްލެވުން އެދެން ، މިހާރު އަންހެނުންނާއި ދަރިންކޮޅު ގުވައިގެން ދަތުރުކުރަން ޖެހިލުންވެ ލަނދުގަނޭ ، ރަށަށްފައިބާ ތަނުން އެންމެންގެ ކުރިމަތީގައި ގެންގުޅޭ ހުރިހާ ” އެއްޗެއް ” ބަރަހަނާކޮށްލެވޭ ، އަދި ދެރަކަމަކީ ޕޮލިހުން ތަކެތި ފާސްކުރުމަށްފަހު އެތަކެތި އަލުން އަބުރާ ޕެކްކޮށްދިނުމުގައި ވަރަށް ، ވަރަށް ފަރުވާ ކުޑަކަން ////// ޕޮލިހުން ތިޔަކުރައްވާ މަސައްކަތައް އަޅުގަނޑުވެސް މަރުޙަބާ ކިޔާ ޝްކުރު ރައްދުކުރަން އެކަމަކު މިކަންތައް މިނޫންގޮތަކަށް ކުރެއްވުމަށް ތަކުރާރުކޮށް އެދި އަދޭސް ކުރަން .

ބިންތު ފާތިމާ
ބިންތު ފާތިމާ

ސުރޭސް ތިބުނީ ލަންދޫ ނާތަހްޒީބު ވީމައޭ ދޯ އެތަނަށް އެއްވަނީ… ތިވެސް ވެދާނެ ތެދަކަށް. އެކަމަކު މިލިޔުމުގެ މަފްހޫމަކީ ތިއެއްނޫންހެން ހީވަނީ. ބަޔަކު ނާތަހުޒީބު ވީމާ ފުލުހުން ނުޖެހޭނޭ ކަންނޭންގެ އެމީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާކަށް. ފުލުހުންނަށް ހަމަ ބުނެވޭނެދޯ. ބައުންޑްރީން ބޭރަށް ދާށޭ. ނޫނީ މިތަނަށް ކައިރިނުވާށޭ. ރައްޔިތުނަށް އިލްތިމާސް ކުރީމާ މިކަން ހައްލުވީ. މީކީ ލަންދޫމީހުން ވަކި ނާތަހްޒީބު ވެގެން ވާކަމެކޭ ނެތޭ ބުނެވޭކަށް. މަށަށް ހީވަނީ މީ ފުލުހުން ތަޞައްރަފް ނުފުދޭތީ ވާކަމެއްހެން.

ސުރޭސް
ސުރޭސް

ލަންދޫގައި އެކަނި ފުލުހުން ޗެކުކުރާއިރު މީހުން އެއްވެފައި އޮންނަނީ އެހެން އެއްވެސް ރަށެއްގައި ޗެކުކުރާއިރު މީހުން އެއްވެ ކަންބަލާ ނުހަދާ ، މިސައިޓުންވެސް ފުރަތަމަ ރަށުގެ މީހުން ހޭލުންތެރިކޮށް ޒުވާނުން ރަނގަޅުކޮށްބަލަ، އެތަނަށް އެއްވެ ކަންބަލަން ނުތިބޭނެ މަގަކަށް މާފަރު، މާޅެންދޫ، ކެނދިކުޅުދޫ، ހެނބަދޫ، ކުޑަފަރި މަނަދޫ މިލަދޫ ޅޮހި މަގޫދޫ ހޮޅުދޫ ވެލިދޫ ފޮއްދޫ މިއިން އެއްވެސް ރަށެއްގައި ލަންދޫގައި އެވާހެން މީހުން ބައުންޑްރީ ކައިރިއަށް އެކެެއް ނުވެއެވެ. މިއީ ލަންދޫގެ ނާތަހުޒީބު އެއްސިފަ

އިބްން އިބްރާހީމް
އިބްން އިބްރާހީމް

އެންމެ ތަހުޒީބުވެފައިވާ ފުރަމާލެއަށް ތިބޭފުޅާ އިންސާފުވެރި ލޮލަކުން ބައްލަވާލައްވާފައި ތިޔަހެން ވިދާޅުވިނަމަ ހާދަހާ ރަނގަޅު ވީހެވެ. އެކްސިޑެންޓެއްވެގެން މީހަކަު މަރުވެގެން ނުވަތަ ގެއެއް ސްޕާއެއް ފާސްކުރަންވެގެން ފުލުހުން އެތާ ހަރަކާތްތެރިވާއިރު މީހުން އެއްނުވޭތޯއެވެ. ހަވީރު ނޫހުގައި ސަން އޮންލައިންގައި މިފަދަ ޚަބަރުތަކާ ގުޅިގެން ޖަހާފައިވާ ފޮޓޯތަކަށާ ޓީވީގެ ޚަބަރާ ރިޕޯޓްތަކުން “މަންޒަރު ވަރަށް ސާފެވެ”. ހަމަ އެމިހުން ނާތަހުޒީބީ ދެއްތޯއެވެ. އިއްޔެ ތިކަމެއް ހިނގި އިރު އަޅުގަނޑަށްވެސް ހުރެވުނީ ތިޔަބުނާ މާފަރު ބޯޓެއް ކައިރީގައއެވެ. މާލެން ގެނައި ދެތިން ފޮށިގަނޑު ބަލައިގޮހެވެ. ފުލުން ޓޭޕް ދަމާލުމުން އެކަމާ ނުބެހޭ މީހުންނެއް އެތާ އެތެރެއަކަށް ނުވަދެއެވެ. އެމީހުން ތިބީ ހަމަ އޭގެ ބޭރުގައެވެ. އަޅުގަނޑު ދެކޭގޮތުގައި ފުލުހުން އެކަމަށް ކަނޑައެޅި ޖާގަ ކުޑައީއެވެ. ލައިނުން ބޭރުގައި ހުއްޓަސް ވަރށް ސާފުކޮށް އެކުރާ ކަމެއް ފެންނާނެއެވެ. ދެން ކިޔަން ހުރި އެއްޗިހި ނުލިޔެވޭނެ ވަގުތު ނެތީމަ…

wpDiscuz