މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ލަންދޫސްކޫލްގައި ފާހަގަކޮށްފި.

ލަންދޫސްކޫލްގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ : ލަންދޫއިންފޯ

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ނ.ލަންދޫ ސްކޫލްގައި މިއަދު ފާހަގަކޮށްފިއެވެ.

އެސްކޫލްގެ ޔުނެސްކޯ ކްލަބުން އިސްނަގައިގެން ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ލަންދޫކައުންސިލާއި، ގުޅިގެން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ތަފާތު ހުށަހެޅުންތަކުގެ އިތުރުން ބެލެނިވެރިންގެ ސްޓޭޖް ޑްރާމާއެއްވެސް އޮތެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ލަންދޫސްކޫލްގައި މިއަދު ވަނީ ޚާއްޞާ އެސެމްބްލީއެއްވެސް ބާއްވާފައެވެ. މިއަދު ހެނދުނު ކުރިއަށްގެންދިޔަ މިއެސެމްބްލީގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭގޮތުން ހެދިފައިވާ ޤާނޫނޫ ތަކާއި، ޤަވާޢިދުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް މަނަދޫޕޮލިސްގެ ފަރާތުން ޓީމެއްވެސްވަނީ މިއަދުގެ މުނާސަބަތާ ގުޅުވާލައިގެން ލަންދޫސްކޫލަށް ޒިޔާރަތް ކުރައްވާފައެވެ. މިޓީމްގެ ބޭފުޅުންވަނީ ބެލެނިވެރިންނަށާއި، ދަރިވަރުންނަށް މިމަޢުލޫމާތު ތައް މިއަދު ދެއްވާފައެވެ.

އަދި މީގެ އިތުރުން ނ.އަތޮޅު މަނަދޫގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ބޭފުޅުން ކޮޅެއްވެސް މިއަދުވަނީ ލަންދޫ ސްކޫލަށް ވަޑައިގެން ދުވަހުގެ މުނާސަބަތާ ގުޅުވާލައިގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަވާފައެވެ.

ލަންދޫ ސްކޫލްގައި މިއަދު މިދުވަސް ފާހަގަކުރުުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތްތައް ނިންމާލައިފައިވަނީ ހަވީރު 4:30 ހާއިރުއެވެ. މިހަރަކާތްތަކަށް ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި، އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެސްކޫލުން ބުނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ކައުންސިލް
ކައުންސިލް

ޝުކުރިއްޔާ މީމް.. އަޅުގަނޑުމެންވެސް ބޭނުން މިރަށަށްޓަކައި ތިހުރިހާކަމެއް އެއްފަހަރުން ކަނޑާލެވޭވަރުގެ ބަޔަކު މިފަސްގަނޑުގައި ތިބިނަމަ ދެން އަންނަ ދަޢުރަކަށް އެބަޔަކު ގެންނަން، އަދި އެފަދަ ބަޔަކު ކުރިމަތި ލައިފިނަމަ އެފަދަ ބަޔަކު ގެންނަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. ނޫނީ މީމުމެން ގައިގަ ތި ފެންވަރު ހުރިއްޔާ އަންނަފަހަރު ކުރިމަތިލައިދީ އާދޭސްކޮށްފާ ބުނަން . ޕްލީޒް.

މީމް
މީމް

ލަންދޫގައި ތިބި މަސްތުވާތަކެތި ބޭނުންކުރާކަމަށް ސައްކުކުރެވޭ އެއްވެސް ފަރާތަކަށް ހޭލުންތެރި ކުރުވުމުގެ އެއްވެސް ހަރަކާތެއް ނުހިއްގޭ ، ހިތައްއަރާ މިހާރު ލަންދޫގައި ތިއޮތް ކައުންސިލަކީ ކީއްކުރާބައެއް ބާވައޭ ، ވައްކަށް ކުރުމާއި ފޭރުން މިއަދު ލަންދޫގައި ތިޔަވަނީ އާއްމުކަމަކަށްވެފައި .

ކެޓްބޯއީ
ކެޓްބޯއީ

ލަންދޫސްކޫލުން ތިކުރާ ހިތްވަރަށް ސާބަސްދެން.

wpDiscuz