މަސައްކަތްތެރިކަމުގެ ރޮގުން ލާމަސީލް ޖަމާލް ( މަލްޓިމީހެއް )

ރޭނުން، ސިމެންތިޖެހުން، ތަށިމުށިޖެހުން، ސީލިންގކުރުން، ވަޑާންކުރުން، މަސްވެރިކަން، ދަނޑުވެރިކަން، ރެފްރީކަން، ގޯލްކީޕަރުކަން، ވޮލީކުޅުން، ރާޒުވާކުޅުން، ފަންޑިތަހެދުން، މިއީ ހައްތާވެސް އޭނައިގެ ފަންނުތަކެވެ.  މިއިންކޮންމެ ފަންނެއްގައިވެސް އޭނާ ސާބިތު ކޮށްދެމުން އެއަންނަނީ މުރާލިހީވާގި ލަންދޫގެ ދަރިއެއްގެ ރިވެތިމިސާލެކެވެ.

މީހުންކޮލަމުގައި މިފަހަރު މިގެނެސްދެނީ މީހުންނަށް ދައްކާލާ ޖާދޫއެއްގެގޮތުން ތަފާތު ޝޯވތަކުގައި އޭނައިގެ ބޮޑުހަށިގަނޑު ކުޑަކުއްޖަކަށް ބަދަލުވެފާވާގޮތް އެންމެންގެ ލޯމަތީގައި ފަސޭހަކަމާއި އެކު ދައްކައިދޭ ކުޅަދާނަ މުރާލި، ކެރޭ، ހީވާގި، ޖާދޫގަރެއްގެ ވާހަކައެވެ.

ނ.ލަންދޫ ރަންކޮކާގެ ޖަމާލު އައްޔޫބަކީ އޭނައިގެ ބައްޕަ އަލްމަރުޙޫމް އައްޔޫބު ޢަލީ ގެ ކުޅަދާނަކަމާއި، ވިސްނުންތެރި ކަން އޭގެ އެންމެ ފުރިހަމަގޮތުގައި ވާސިލް ވެފައިވާ އައްޔޫބު ބޭގެ ހުރި ހަމައެކަނި ފިރިހެންދަރިއެވެ.

ޖަމާލުއައްޔޫބަކީ ލަންދޫގައި އެއްރޮނގަށް ވުރެ ގިނަރޮގު ތަކުން ފާހަގަކޮށްލަންޖެހޭ ކުޅަދާނަ ފަންނާނެކެވެ. އޭނައިގެމިއުޒިކީ ރަންދައުރަކީ ވެސް މިފަދަ ގޮތެއްގައި ފާހަގަ ކޮށްލަން ޖެހޭ ފަންނެކެވެ. ބެރުޖެހުމާއި، ލަވަކިޔުމުގެ ހުނަރަކީ އޭނައިގެ ފަންނުގައި އެފަދަ ދެވަނައެއް ނެތް ފަންނެކޭ ދެންނެވިދާނެއެވެ. ލަންދޫގައި ތިބި ކީބޯޑުޖަހަން ދަންނަ 3 މީހުންގެ ތެރެއިން އެކަކީ ވެސް ޖަމާލުއެވެ. ލަންދޫގައި ފުރަތަމަ އުފެއްދި މިޔުޒިކް ބޭންޑް ” ލެޒާޖް ” ގެ ބޭންޑް މާސްޓަރަކީ ވެސް އޭނައެވެ. ލެޒާޖް އުފެދިގެން ގޮސްފައިވަނީ ޚުދު ޖަމާލު އައްޔޫބުގެ އަމިއްލަ ވިސްނުމާއި، ޚިޔާލުގެ ސަބަބުންނޭ ދެންނެވުމަކީ މުޅިންދޮގަކަށް ނުވާނެއެވެ.

މިއުޒިކާއި ލަވައިގެ އިތުރުން ސަޤާފީ ކުޅިވަރުތަކުގައިވެސް ޖަމާލު ފާހަގަކުރަންޖެހެނީ އޭނަޔާއި ނުލައި އެފަދައެއްވެސް ކަމެއް އަދި މިހާތަނަށް ލަންދޫގައި އިންތިޒާމްކުރެވިފައި ނެތީމައެވެ. ދިގުދަނޑި ޖެހުމާއި، ބޮޑުބެރު ޖެހުމާއި، ބޮޑުދަނޑި ޖެހުމާއި، ހިތްޗަށްވަޑައިގަތުމާއި، ބޮޑުމަސް ދުއްވުމާއި، ކޯޑިކެނޑުން ފަދަ ލަންދޫ ގައި ކުޅެއުޅޭ ހުރިހާވައްތަރެއްގެ ސަޤާފީ ކުޅިވަރުތަކެއް ކުޅުމާއި، އިންތިޒާމް ކުރުމުގައި އެންމެ އިސްސަފުގައި ނަގާކިޔަން ހުންނަނީ އަލްފާޟިލް ޖަމާލް އައްޔޫބެވެ.

ޢީދު ކުޅިވަރު އިންތިޒާމް ކުރުމާއި ، އެކި މުނާސަބާތަކާއި ގުޅުވައިގެން ހިންގޭ ތަފާތުކުޅިވަރު ޙަރަކާތްތައް ރޭވުމުގައި ވެސް ވޭތުވެ ދިޔަ ދުރުމާޒީގައާއި، އަދި މިހާރުވެސް އެންމެ ކުރީސަފުގައި ހުންނަ އެކަކީ ޖަމާލެވެ. މިގޮތުން މިފަދަ ކަންކަމުގައި ޖަމާލު ކޮށްދީފައިވާ ޚިދުމަތްތަކަކީ ލަންދޫގެ ކޮންމެ ދަރިއަކުވެސް އުފަލާއި އެކު ބަލައިގަންނަ ޚިދުމަތް ތަކެކެވެ.

މަސްވެރިކަމަކީވެސް ޖަމާލުގެ އެންމެ ކުރިއަރާފައިވާ އެއްފަނެވެ. އަމިއްލަ މަސްދޯންޏެއް ދުއްވުމުގެ އިތުރުން ޖަމާލުވަނީ ލަންދޫގައި މަހަފުރާ ވަރަށް ގިނަދޯނިފަހަރުގެ މައި ކެޔޮޅުކަން ވެސް އަދާކޮށްފައެވެ. އެގޮތުން ޖަމާލުގެ ކެޔޮޅުކަމުގެ ދަށުން ލަންދޫގައި ދުއްވި ” ބޮޑުދޯނި ” މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. އެދޯނި މަހަށް ދުއްވިއިރު ބޭ މަސްތަކަކީ ޖަމާލުނޫން އެހެންމީހަކު ކެޔޮޅަކަށް ހުރިނަމަ ބޭނުން އެކަށީގެންނުވާ މަސްތަކަކޭ އަދިވެސް ރަށުގެ ގިނަބަޔަކު އެދަނީ ބުނަމުންނެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމުގެ އިތުރުން ލޭނުއެޅުމާއި، މާ ކެޔޮޅުކަން ކުރުމަކީވެސް ޖަމާލުގެ ރަންދައުރުގައި ކޮންފައިވާ މަސްވެރިކަން ކަމެވެ. ބޮއްކުރާގައި ރޭ ގަނޑު ކެޔޮޅުކަމުދިއުމާއި، ފަރުމަހުގެ މަސްވެރިކަމަކީވެސް ޖަމާލުގެ މިފަންނުގައި ވަރަށް ކުރިއެރުން ހޯދާފައިވާ މަސްކަތްތަކެވެ.

ރޭނުމާއި ސިމެންތި ޖެހުމާއި ، ކޮންކްރީޓް މަސައްކަތް ތަކުގައިވެސް ޖަމާލު މިހާރުވެސް އެގެންދަނީ އެފަދަ ދެވަނައެއް ލަންދޫގައި އަދިވެސް ނެތްކަން ސާބިތުކޮށްދެމުންނެވެ. އެގޮތުން ހުސްބިމެއްދައްކާ ކުރެހުން ޙަވާލުކުރުމުން ބޮޑެތި ގޭގެ ތަޅުދަނޑި ޖަހާލުމާއި ހަމައަށް ނިންމާ ޙަވާލުކޮށް އެދައްކަނީ ޚުދު އޭނައިގެ އަތުގެ މަސައްކަތުންނެވެ. ރޭނުމާއި، ސިމެންތި ޖެހުމުއިތުރުން އިމާރާތުގެ ސީލިންގުކުރުމާއި، މަތިވަޑާން ގަނޑު ހެދުމާއި ، ދޮރާއި ދޮރުފަތް ޖެހުމާއި، އަދި ފެވައިރާއި، ކަރަންޓް ވައިރު ކުރުމަކީ ޖަމާލަކަށް މާއުދާގޫކަމެއްނޫނެވެ. އޭނާ ބުނާ ގޮތުންނަމަ މިފަދަ އެއްމިސާލަކީ ލަންދޫ ” ކަނޑޫމާގެ ” އެވެ. އެގޭގެ ހުރިހާމަސައްކަތެއް ކަހަލަ ގޮތަކަށް ކޮށްފާވާނީ ޖަމާލު ގެ ދެއަތުންންނެވެ.

ފަންޑިތަވެރިކަމާއ، އިސްތިރި ވަރިތޮޅީގެ ކަންތަކަކީ ވެސް މިހާރަކަށްއައިސް ގިނަބަޔަކު ޤަބޫލު ނުކޮށް އެކަންކަމަށް ހަޖޫޖަހަމުން ގެންދިޔަ ކަންކަން ކަމުގައިވީނަމަވެސް ޖަމާލުގެ ރަންދައުރުގައި އެފަންނު ތަކުގައިވެސް ކުރިއަރާ ޖަމާލުވަނީ އޭނައިގެ އަމިއްލަ ބޭނުންތަކަށާއި ، އޭނައިގެ ރައްޓެހިންގެ ބޭނުންތަކަށް އެފަދަ ކަންކޮށްދީ އެކަމުގައިވެސް ކުރިއެރުން ތަކެއް ހޯދާފައެވެ. ޖަމާލުގެ ބައްޕަގެ ފޮތްބޮޑި އަކީ އަދިވެސް ލަންދޫގައި މަޝްހޫރު ފޮތްބޮޑިއެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
މުހައްމަދު ބުސްރީ
މުހައްމަދު ބުސްރީ

“ފަންޑިތަވެރިކަމާއ، އިސްތިރި ވަރިތޮޅީގެ ކަންތަކަކީ ވެސް މިހާރަކަށްއައިސް ގިނަބަޔަކު ޤަބޫލު ނުކޮށް”

liyumun dheyhawanee, ekan kan kurunah eynaa ehbaarulun dhenii kamah, ehen tha bunan ulhefa eothiiii

wpDiscuz