މަގުމަތިން އުނދަގޫތަކާ ކުރިމަތިލާންޖެހޭނަމަ ސީދާ ރައީސް ނަޝީދާ ދިމާކުރާނަން-އަލްޙާން

މަގުމަތިން އުނދަގޫތަކާ ކުރިމަތިލާންޖެހޭނަމަ ސީދާ ރައީސް ނަޝީދާ ދިމަކުރާނަން-އަލްޙާން

މަގުމަތީގައި އުޅުއްވާއިރު އެމްޑީޕީ އެކްޓިވިސްޓުން ގެ ފަރާތުން ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށާއި އެހެންނަމަވެސް މީގެ ފަހުން އެ ގޮތައް އުނދަގޫ ކުރާނަމަ    ސީދާ ރައީސް ނަޝީދައި ދިމާކުރައްވާނެކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަކިކޮށްފައިވާ އެޕާޓީގެ އިންތިހާބީ ނައިބު ރައީސް އަލްހާން ފަހުމީ ކުރީގެ ރައީސް ނަޝީދަށް އިންޒާރުދެއްވާއިފިއެވެ.

 އެމްޑީޕީގައި ތިއްބަވައިގެން ގައުމަށް ހިދުމަތް ކުރެއްވުމަށް ދަތިތަކެއް ހުރިކަމަށް ވިދާޅުވެ އެޕާޓީން ވަކިވެވަޑައިގެންނެވިކަމަށް އިއުލާން ކުރުމަށްޓަކައި އިއްޔެ ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުން އެނާ މަގުމަތިން ވަޑައިގަންނަވާ ވަގުތު ތަކުގައި އާއިލާ ބޭފުޅުންނާއި ބެހި ތަފާތު އެކި ނަންނަމުން މުހާތަބް ކޮށް ހަޑިހުތުރު އެއްޗިހިކިޔާކަމަށެވެ.

 އަލްހާން ވިދާޅުވީ ދެން އެފުރުސަތެއް ނުދެއްވާނެކަމަށާއި އެފަދަ ގޮތަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ކަންތައް ކުރާނަމަ ސީދާ ރައީސް ނަޝީދާއި ދިމާކުރައްވާނެކަމަށެވެ. އަލްހާން ވިދާޅުވީ އެބޭފުޅުންނަށް މާލޭގެ މަގުމަތީގައި އަމާންކަމާއި އެކު ނުއުޅެވޭ ކަމުގައި ވަނީނަމަ ރައީސް ނަޝީދަކަށް ވެސް ނޫޅުއްވޭނެކަމަށެވެ.

މީގެ އިތުރައް ވެސް ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ އަދުގެ ޒުވާން ޖީލަކީ ސިޔާސީ އެކްޓިވިސްޓުންކަމަށް ރައީސް ނަޝީދު ހައްދަވާފައިވާކަމަށެވެ.

 އަދި މިހާރުގެ އެމްޑީޕީގެ ލީޑާރ ޝިޕަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ އެޕާޓީ ހިނގަމުންދަނީ ވަކިބަޔަކު ބޭނުންވާގޮތައްކަމަށާއި އެގޮތައް ކަންތައްތަށް ދާ ކަމުގައި ވަނީ ނަމަ އެމްޑީޕީއަކަށް ރާއްޖޭގެ ވެރިކަމަކަށް ނާދެވޭނެކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ނައިބް ރައީސް އަލްހާނާއި އަދި ރައީސް ޑރ. އިބްރާހިމް ދީދީ ވަކިކުރުމާއި ގުޅުގެން އެ ބޭފުޅުން ވެސް ވަނީ މިހާރު އެޕާޓީ ދޫކުރައްވާ އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz