މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

ލަންދޫކައުންސިލްގެ ފަރާތުން އިސްނަގައިގެން ލަންދޫގައި އަލަށް ދޫކުރެވުނު ގޯތިތައް ހިމެނޭ ސަރަހައްދުގައި ހަދަމުންގެންދާ މަގު ( ފަނޑިޔާރު މަގު ) ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.

މިމަގު ހެދުމުގެ މަސައްކަތް މީގެ ކުޑަދުވަސްކޮޅެއް ކުރިން ފެށި ކުޑަމަޑު ޖެހިލުމެއް އައުމާއިއެކު މިކަމުގެ ތެރެއަށް ސިޔާސީ ކަންތައްތަކެއް ވަންނަކަމުގެ ޚަބަރުތަކެއް ރަށުތެރޭގައި ފެތުރުނު ނަމަވެސް މަސައްކަތުން މިކަން ފާހަނގަ ކުރެވެމަކުންނުދެއެވެ. މި މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ މަސައްކަތް ފެށުމަށްފަހު މިއަދުގެ މިވަގުތާއި ހިސާބަށް ޖުމުލަ 15 ރުއް ނެގިފައިވާ ކަމަަށް ލަންދޫ ކައުންސިލް މެމްބަރަކު މަޢުލޫމާތު ދެއްވައެވެ.

ލަންދޫކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިމަސައްކަތް އަލުން ފެށިގެން ކުރިއަށްދާއިރު މިސަރަހައްދުގައި އެޢިދާރާގެ ފަރާތުން ހަރަކާތްތެރި ވެލައްވާނީ އެމްޑީޕީ ތަމްސީލް ކުރައްވާ ކައުންސިލްމެމްބަރ މުހައްމަދު ސުޖާއު ( ދޮންބޭބެ ) އާއި ޤައުމީ ޢިދާރާތައް އުވާލުމުން އެތަނުގައި މަސައްކަތް ކުރެއްވި މުއައްޒަފުންގެ ތެރެއިން މިރަށު ކައުންސިލް ޢިދާރާއަށް ވަޒީފާ ބަދަލްކުރައްވާފައިވާ އެމްޑީޕީގެ އެއް އެކްޓިވިސްޓް ކަމުގައިވާ ނ.ލަންދޫ އަކިރި އަލްފާޟިލް ވަލީދު އާދަމާއި ކައުންސިލް މެމްބަރ އަލްފާޟިލް މުޙައްމަދު ހަސަން ( ރަމްޒީ ) އެވެ.

މިއަދުގެ މިހިސާބަށް އައިއިރު މިމަގުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ މަންޒިލްގެއާއި ދިމާ ބިއްދޮށުން ( ގުއި ހާއްޔާއި ދިމާލުގައި ) ހުރި ރުއްބުޑުތަކަކާއި ދިއްގާގަސްތަކެއް ނަނގާވަޅުލައި  އެދިމަ ސާފްކުރުމުގެ މަސައްކަތެވެ.

ލަންދޫގެ ގިނަރައްޔިތުން އެދެނީ ރަށުގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ސިޔާސީ ކުލަ ނުޖެހި އެކުވެރިކަމާއި އެއްބައިވަންތަ ކަމާއިއެކު ނިމިގެންދާނެ މަސައްކަތްތަކަކަށް ވެގެންދިއުމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
ހޯގުޅާ
ހޯގުޅާ

އާ މިހާރު އެބަރަގަޅުވޭ، ކުދިންނޭ އަމިއްލަ …….. ށް މަސްވަޅި ނުހަރާތީ އަމިއްލައަށް..

wpDiscuz