މައުމޫންގެ ފެކްޝަނުންކުއްލިގޮތަކަށް ކައުންސިލް ބައްދަލުވުމެއް ބާއްވައިފި

 

ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ރައީސް ޔާމީނާ ޙަވާލުކުރުމަށް ސިވިލްކޯޓުން މިއަދު ހުކުމެއް ކޮށްފައިވަނިކޮށް  ވަރަށް ކުއްލިގޮތަކަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ކައުންސިލް ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މައުމޫން އަބްދުލް ގައްޔޫމް ރިޔާސަތުގައި އިންނަވައިގެން ޕީޕީއެމްގެ ކައުންސިލް އިން ނިންމަވާފައިވާ ބައެއް ނިންމުންތައް ވެސް ފާސްކުރިއެވެ.

ރައީސް މައުމޫން މިއަދު ބައްދަލުވުމެއް ބާއްވާފައި ވާއިރު ސިވިލްކޯޓުން ކުރިޙުކުމްގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަންވެސް ސިވިލް ކޯޓުން މިއަދު އަމުރުކުރައްވާފައިވެއެވެ.

ރައީސް މައުމޫން ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ޕީޕީއެމްގެ އޮފީހުގައި އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންވީ ބޭއްވީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކައުންސިލްގައި ހިމެނޭ 11 މެންބަރުންގެ ކޯރަމް ލިބިގެން ކަމަށެވެ.

މައުމޫން ވިދާޅުވީ މިއަދު ކައުންސިލްގައި ނިންމި ކަންކަމުގެ ތެރޭގައި އެމަނިކުފާނު ކައުންސިލަށް އައްޔަންކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޒާހިދު ރަމީޒު މަގާމުން ވަކިކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ގޮތަށް އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީންއާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ކައުންސިލަށް މައުމޫން އިއްޔެ އައްޔަންކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި އަހްމަދު ސޮފްވާން ވެސް ބައިވެރިވެފައިވެ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޝްވަތުގެ ތުހުމުގައި މައުމޫނުވެސް ހައްޔަރުކޮށްފި.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބުދުލްޤައްޔޫމް ހައްޔަރުކޮށްފިއެވެ. ކުރީގެ ރައީސް މައުމޫން ހައްޔަރުކުރިކަން …

ޚިޔާލެއްދެއްވާ

avatar