މައުމޫނުގެ ދަރިކަލަކަށް ނުޖެހުނު “ފޮނައެއް” އިތުރު މީހަކަށް ދިވެހި ގައުމުގައި ނުޖެހޭނެ މުސްތަފާ ވިދާޅުވެއްޖެ.

ރައީސް މައުމޫނުގެ ދަރިކަލަކަށް ނުޖެހުނު ފޮނައެއް އިތުރު މީހަކަށް ދިވެހި ގައުމުގައި ނުޖެހޭނެކަމަށް އެމްޑީޕީން ތިމަރަފުށީ ދާއިރާއަށް ކުރިމަތިލާފައިވާ،އަދި ކުރިން އެދާއިރާ ތަމްސީލް ކޮއްފައިވާ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ، މިއަދު މި މޭރުމުން ވާހަކަދަށްކަވަމުން މުސްތަފާ ވިދާޅުވީ “ތިމަރަފުށީ ދާއިރާ އަކީ މީގެ ކުރިން ދެފަހަރު ވޯޓު ލާފައިވާ ދާއިރާއެއްކަމަށާ،އަދި ކުރީ ދެފަހަރުވެސް ކާމިޔާބުކުރެއްވީ ތިރީސް އަހަރުގެ ތަޖުރިބާއާ،ތިރީސް އަހަރުގެ އިލްމީ ވިސްނުމާއި ވާދަކޮށް ކަމަށާ،އެހެންކަމުން މިފަހަރުގެ އިންތިހާބު ކުރީ ދެފަހަރަށްވުރެ ފަސޭހައިން ކާމިޔާބުކުރެއްވޭނެކަމަށެވެ. އަދި ތިމަރަފުށީ ދާއިރާއަށް މުސްތަފާއާ ވާދަކުރެވޭނެ އިތުރު މީހަކު ހުރިކަމުގައިވަނީނަމަ އެބޭފުޅަކީ ކުރީގެ ރައީސް ނަޝީދު ކަމަށާ،އެބޭފުޅާ ނޫން އެހެންކޮންމެ ބޭފުޅެއް އެދާއިރާއަށް ކުރިމަތި ލެއްވެވިނަމަވެސް އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބުކުރަށްވާނެކަމަށް މުސްތަފާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަދަށްކަވަމުން މުސްތަފާ އިތުރަށް ވިދާޅުވީ “ޕީޕީއެމްއިން އެދާއިރާއަށް ކުރިމަތިލާފައިވާ ކެންޑީޑޭޓަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ކަށަވަރު ވީމަ މިހާރު ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަސަތްކަތް ފަށާފައިކަމަށާ،އެގޮތުން ތިމަރަފުށީ ދާއިރާގެ ބައިއިލެކްޝަނަށް ޕީޕީއެމުން ކުރިމަތިލާފައިވާ ޝަރީފް އެދާއިރާގެ އެކި ޒުވާނުންނަށް އެކި ކަހަލަ އޮފާތަށް މިހާރުވަނީ ހުށައަޅާފައިކަމަށާ،އެގޮތުން ޒުވާނުންނަށް ޕޮލިހަށް ވަދުމަށް ފަހިގޮތްތަށް ޝަރީފަށް ވޯޓުލައިފިކަމުގައި ހޯދައިދޭނެކަމަށާ،މިނޫސްވެސް އިތުރު އެކިކަހަލަ ހަދިޔާތަށް ޝަރީފް ދަނީ ހުށައަޅަމުންކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ މި މޭރުމުން ވާހަކަ ދަށްކަވާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު މުސްތަފާވަނީ އިލެކްޝަން ކަމިޝަނަށް ތިމަރަފުށީ ދާއިރާގެ ބައިލެކްޝަނަށް ޕީޕީއެމުން ވާދަކުރަށްވާ ކެންޑިޑޭޓް ޝަރީފް އިންތިހާބަށް ނުފޫޒް ފޯރުވަމުންދާކަމަށް ބުނެ ސިޓީއެއްވެސް ފޮނުވާފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މުސްޠަފާގެ މައްސަލަވެސް ބަލަނީ.

މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ ޓީވީން ލައިވްކުރަމުން ދިޔަ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ …

ޚިޔާލެއްދެއްވާ

avatar
މޫގުޅި
މޫގުޅި

މުސްތަފާ ތިޔަބުނާ އެއްޗެއްގެ ވަރު މިފަހަރުވެސް އެނގޭނީ މުސްތަފާ ބުނި ދޯ . ހުކުމެއްވެސް ކުރާކަށް ނުކުރޭނޭ. ހުކުމް ކޮށްފިއްޔާ . ފަނޑިޔާރު ހޭއަރުވާލަނަމޭ. ކޮބާ ކިހިނެެއްވީ . ހަމަ ހުކުމް ވެސް ކޮށްފި. މުސްތަފާގެ ގޮނޑިވެސް ގެއްލިއްޖެ. އެކަމަކު ވީކަމެއް ހަރާމް. މިފަހަރުވެސް ހަމަ އެކަށީގެންވާ މުސްތަފާ ނުހޮވުންވެސް . ވާނެގޮތެއް އެކަަކަށްވެސް ކުރިއަކުން ކިޔާކަށްނޭންގޭނެ. އަދި ހަމަ މަޑުން ތިބޭ.