މައުމޫނަށް ފުލުހުން ބޮޑު ތުހުމަތެއް ކޮށްފި.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމުގެ މައްޗަށް ފުލުހުން ބޮޑު ތުހުމަތެއް ކޮށްފިއެވެ. ފުލުހުން ކޮށްފައިވާ އެންމެ ބޮޑު ތުހުމަތަކީ ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު، 2015 ވަނަ އަހަރުން ފެށިގެން ޤާނޫނާ ޚިލާފަށް ވައްޓާލުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މަސައްކަތް ކުރަމުންދިޔަކަމުގެ ހެކި ފެނިފައިވާކަމަށް ބުނެކުރި ތުހުމަތެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، 2015ވަނަ އަހަރު އަޙްމަދު އަދީބް ނާއިބްރައީގެ މަޤާމަށް އައްޔަންކުރެވުނު ހިސާބުން ފެށިގެން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލުމަށް މަސައްކަތްކުރަމުން ގޮސްފައިވާކަމުގެ ހެކި ލިބިފައިވާކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރުމަށް ކުރި މަސައްކަތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާރިޝް މައުމޫނު ރިޝްވަތު ދިންކަން ސާބިތުވާ މިންވަރަށް ހެކި ފެނިފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިޔާ އިސްކޮށް ބާއްވައިގެން ޔޫރަޕުގެ ބައެއް ޤައުމުތަކާ ގުޅިގެން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ރާވާފައިވާކަންވެސް ތަޙްޤީޤަށް އެނގިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ރާއްޖޭގެ ޝަރުއީދާއިރާގެ އިސް ފަރާތްތަކަށް ރިޝްވަތު ދީފައިވާކަމުގެ ސާބިތު ހެކި ފުލުހުންގެ ތަޙްޤީޤަށް ލިބިފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ. މިގޮތުން ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިންކަން ތަހްޤީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފާރިސް ގެ ޙާލު ބައްލަވާލައްވަން ރައީސް މައުމޫނު ޖަލަށް ވަޑައިގެންފި.

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ގެ ޙާލު ބައްލަވާލެއްވުމަށް ފާރީސްގެ ބައްޕާފުޅު ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު …

ޚިޔާލެއްދެއްވާ

avatar
wpDiscuz