މައިޒާންތައް ބެލެހެއްޓުން ވަރަށް މުހިއްމު

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް ލަންދޫއާއި ބައްދަލުކޮށްފައިމިވަނީ މިއިން ޒަމާނަކު ލަންދޫގެ ރައްޔިތުން ރަމަޟާން މަހަށް ތައްޔާރުވެފައި ނުވާ މިންވަރަށް ތައްޔާރުވެފައި ވަނިކޮށެވެ.

ލަންދޫގެ ތަފާތު ސަރަހައްދު ތަކުގައި ތަފާތު ފިނި މައިޒާންތައް ހެދި ގޭގެއަށް ވެލިލައި އަދި މިސްކިތްތައް ފިސާރި ފުރިހަމައަށް ތައްޔާރު ކުރެވިފައިވާ އަހަރެއްގެ ގޮތުގައެވެ.

އާމަގު ފިނި މައިޒާން

އާމަގު މައިޒާން

ނ.ލަންދޫ ބަރާބަރުގޭ އަލްފާޟިލް ހަސަން އާދަމުގެ ދެމަފިރިންގެ އިސްނެގުމަށް މިދެމަފިރިންގެ ބޮޑުހޭދައާއި އެކު މިދެމަފިރިންގެ އެކުވެރިންނާއި އެކު ނ.ލަންދޫ އާމަގުގައި ތައްޔާރު ކުރެވިފައިވާ އާމަގު ފިނި މައިޒާނަކީ މިހާތަނަށް ލަންދޫގައި ތައްޔާރު ކުރެވުނު އެންމެ ފުރިހަމަ އެންމެ ބަރާބަރު ފިނިމައިޒާންކަން ޔަޤީނެވެ.

ތަފާތު ސައިޒުތަކުގެ ޖޯލިފަތިތަކާއި ތަފާތު ސައިޒުގެ ތަފާތު ފެންވަރުގެ އުދޯލިތަކާއި އަދި ދޮންވެލި އަންބަލަންތަކުން ޒީނަތްތެރި ކުރެވިފައިވާ މި މައިޒާން މިއަދުވެގެން ގޮސްފައިވަނި ލަންދޫގެ އެންމެހާ ތުއްތުކުދިން އެތަނަކަށްޓަކައި އެންމެ ހިތްކިޔާ އަދި އުމުރުން ދުވަސްވީ ފަރާތްތައް އެތަނަކަށް ޒިޔާރަތްކުރަން އެންމެ ބޭނުންވާ ތަންކަމުގައެވެ.

ލަންދޫ “އާމަގު ފިނިމައިޒާން” ގެ އިސްމޭސްތިރިޔާ ހަސަންބެ މިއަދުވެސް އެދަނީ އެތަން ތަރައްޤީކޮށް އެތަނުން ލިބެންހުންނަ ޚިދުމަތްތައް ރަނަގަޅުކުރުމަށް މަސައްކަތް ކުރަމުންނެވެ. ހަސަންބެގެ މި މަސައްކަތުގައި ބަރަކާތްލައްވާށިއެވެ.

މައިޒާންތައް ބެލެހެއްޓުން

އާމަގު މައިޒާން ހެދުމުގެ މަސައްކަތުގައި ހަސަންބެ އާއި ޔޫބެ ހަރަކާތްތެރިވަނީ

އާމަގު ފިނިމައިޒާން ބެލެހެއްޓުމުގެ މަސައްކަތް ސީދާ ހަސންބެގެ ބެލުމުގެ ދަށުން ކުރިއަށްގެންދާއިރު އެތަނުގައި ކުނި އެޅުމަށްޓަކައި ފެންވަރު ރަނަގަޅު ޑަސްބިނެއް (ކައުންސިލް ޢިދާރާއިން ގެނެސްފައިވާ ކަހަލަ ) ބެހެއްޓިއްޖެނަމަ އެތަނަށް ކުނިއެޅުން މަދުވެގެންދާނެކަން ކަށަވަރެވެ.

ރަށުގެ އެހެން ސަރަހައްދުތަކުގައި ހާއްޞަކޮށް ބަދަރު ސަރަހައްދުގައި ހެދިފައިވާ ފިނިމައިޒާންތައްވެސް ދިގުމުއްދަތަކަށް ދެމެހެއްޓޭނީ މިތަންތައް ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެންކަން ކަށަވަރެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އަންނަ ރޯދަމަހަށް ފިނިމައިޒާންތަކެއް ލަންދޫގައި ތަރައްޤީކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ލަންދޫގައި ފިނިމައިޒާންތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ފިނިމައިޒާންތައް ތަރައްޤީކުރަނީ މިދިޔައަހަރުތަކެކޭވެސް …

ޚިޔާލެއްދެއްވާ

avatar
wpDiscuz