މައިކްރޯސޮފްޓުން އެންޑްރޮއިޑް ފޯންތަކަށް ސްކައިޑްރައިވް އެޕްލިކޭޝަން ނެރެފި

 

މައިކްރޯސޮފްޓުން އެންޑްރޮއިޑް ފޯންތަކަށް ސްކައިޑްރައިވް އެޕްލިކޭޝަން ނެރެފިއެވެ. މިހާރުވެސް ވިންޑޯޒްގެ ފޯނުތަކުގައާއި އެޕަލްގެ އައިފޯންތަކުގައި ބޭނުންކުރާ މި އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ނެރުނުއިރު މިހާރު މިއެޕްލިކޭޝަންގައިވަނީ ވިންޑޯޒް8 ގެ ކުލަތައް ޖައްސާފައެވެ.

މިއެޕްލިކޭޝަން އެންޑްރޮއިޑް 2.3 ން މަތީގެ ފޯނުތަކަށް އިންސްޓޯލް ކުރެވޭނެކަމަށާ އެންމެ ފުރިހަމައަށް މަސައްކަތް ކުރާނީ އެންޑްރޮއިޑް 4.0 ން މަތީގެ ފޯނުތަކަށްކަމަށްވެސް މައިކްރޯސޮފްޓުން ހާމަކުރެއެވެ.

އެންމެ ފަހުން ހުޅުވާފައިވާ ޑޮކިއުމެންޓްތަކާ އެހެން މީހުން ޝެއަރކޮށްފައިވާ ޑޮކިއުމެންޓްތައް ވަރަށް ފަސޭހައިން ބަލާލެވެއެވެ. ފޯނުން ޑޮކިއުމެންޓް ބަލައި، އެޑިޓްކޮށް އަޕްލޯޑްވެސް ކުރެވެއެވެ.

އެޕަލްގެ އައިކްލައުޑް އާއި ޑްރޮޕްބޮކްސް އާއި ގޫގުލް ޑްރައިވްއާ ވާދަކުރާއިރު ސްކައިޑްރައިވުން ހިލޭ ލިބޭ ޖާގައަކީ 7 ޖީބީއެވެ. މީގެ އިތުރުށް ޖާގަ ބޭނުންކަމަށް ވާނަމަ ޖެހޭނީ ގަންނާށެވެ.

 

ސްކައިޑްރައިވް މި ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 


 

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ.
ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz