މަރުޙަބާ އަންހެނުންގެ ދުވަސް

މިއަދަކީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސްކަމަށްވާތީ ދުވަހުގެ ހެޔޮ އެދުމާއި ތަޙްނިޔާ އެންމެހާ ލޮބުވެތި އުޙުތުންނަށް  ރައްދުކުރަމެވެ.

އަންހެނުންނަކީ ޤަޢުމުގެ ތަރައްޤީގެ އެންމެމުޙިއްމު އެއްބައި ވެރިޔާއެވެ. މިއަދު އަންހެނުންގެ ހިއްސާނުވާ އެއްވެސް ދާޢިރާއެއް މިޤައުމުގައި ނެތޭދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ޤައުމަށް ނަޒަރުހިންގާލާއިރު ތަޢުލީމީ ދާޢިރާގައްޔާއި ސިއްޙީ  ދާޢިރާގައި ގިނައީ އަންހެން ކަނބަލުންނެވެ. ހަމައެހެންމެ ސިޔާސީ ދާޢިރާގައިވެސް އަންހެން ކަނބަލުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ވަމުންނެވެ.

ދިރިއުޅުމުގެ އެންމެ މުޙިއްމު އެއްބަޔަކީ ދަރިންބެލުމުގެ ބުރަ މަސްޢޫލިއްޔަތު ކަމަށްވީހިނދު މިބޮޑު ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ ބަޔަކީވެސް އަންހެނުންނެވެ. ގިނަ މުޖުތަމަޢުތަކުގައި އެބައިމީހުންގެ ފިރިން ވަޒީފާތަކަށް ދިއުމުން ގޭގައި ދަރިން ބަލަން ތިބެނީ އެބައިމީހުންގެ އަނބީންނެވެ.

މިފަދަ އަންހެނުންނަކީ މުޖުތަމަޢުއަށް އަންނަ ބަދަލްތަކާއި ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތައް އެންމެފުރިހަމަ ގޮތުގައި އެނގޭބަޔަކަށް ނުވުމުގެ ސަބަބުން ދަރިން ހެޔޮގޮތުގައި ، ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް ދިމާވަމުން އަންނަކަމީ މިއަދު ގިނަބަޔަކު ފާހަގަ ކުރަމުން އަންނަ ކަމެކެވެ.

މިހެންކަމާއިއެކު އަންހެނުންގެ ދުވަސް ފާހަގަ ކުރެވެމުންދާއިރު އަންހެނުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. މިކަން މިހެން އޮތްނަމަވެސް މިއަދު ޤައުމުގެ ގިނަ ތަންތަނުން ފެނިގެން މިދަނީ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި މުނިފޫހި ފިލުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާ މަންޒަރެވެ.

މީގެ ބަދަލުގައި މުޖުތަމަޢުގައި ދިރިއުޅޭ އަންހެންތަކުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް އޭގެ އެންމެފުރިހަމަ ގޮތުގައި ހިންގިއްޖެ ކަމަށްވާނަމަ މުޖުތަމައުއަށް އޭގެފައިދާ އެތައްގޮތަކަށްކޮށް މުޖުތަމަޢުއަށް އެތައްއެތައް ކުރިއެރުންތަކެއް އަންނާނެކަން ކަށަވަރެވެ. މިއީ އަންހެނުންގެ ދުވަހެއް ފާހަގަކުމުން ދާއިރު އަޅުގަނޑުމެން ވިސްނާލުން މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ނޮވެމްބަރ މަހު ބާއްވަނީ

އަންހެނުންގެ ކޮމިޓީތަކުގެ ދައުރުނެތުމުން ގިނަރަށްރަށުގެ ތަރައްޤީއަންނަނީ ހީނަރުވަމުން ލާމަރުކަޒީ ޤާނޫނުގެ ދަށުން އިންތިޚާބު ކުރަންޖެހޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ …

ޚިޔާލެއްދެއްވާ

avatar
Mohamma
Mohamma

eay ! mifadha dhuvasthah anna iru , kobaatha Rayyithunnah kanthahthah kondhinumah inthihaabu kohfaiy thibi councilaruntha

wpDiscuz