ފޮޓޯ:މަނަދޫ އެފްޓީ

މަނަދޫ އެފްޓީގެ ފަރިތަކުރުންތައް ފަށައިފި

މިއަހަރުގެ މިނިވަން ޝެމްޕިއަންޝިޕްގައި ބައިވެރިވާ މަނަދޫ ފައިބޯޅަ ޓީމުގެ ފަރިތަކުރުންތައް، މިއަދު ހަވީރު މަނަދޫ ރަސްމީ ދަނޑުގައި ފަށައިފިއެވެ.

މަނަދޫ ކައުންސިލްގެ ނައިބު ރައީސް، ހުސެން ނަޒީދު ލަންދޫއިންފޯއަށް މައުލޫމާތު ދެއްވިގޮތުގައި، މިއަހަރު މިނިވަން ޝެމްޕިއަންޝިޕްގައި ބައިވެރިވާ މަނަދޫ އެފްޓީގެ ކޯޗަކީ، ދާދިފަހުން މަނަދޫގައި ހިންގި އޭއެފްސީ، ސީ ލައިސަން ކޯސް ފުރިހަމަކޯށްފައިވާ އަހްމަދު ޝުޖާއު އެވެ. ޝުޖާއުގެ އެހީތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އިބްރާހިމް އިމްތިޔާޒް އެވެ. މެނޭޖަރު ނަޒީފް އަބްދުލްއަޒީޒް އާއެކު މަނަދޫގެ ހުރިހާ ކައުންސިލަރުން ތިއްބަވާނެ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

މިއަދު ފަރިތަކުންތައް ފެށިކަމުގައިވިޔަސް، މަނަދޫ އެފްޓީގެ ޓީމްގައި ހިމެނޭ ކުޅުންތެރިން ކަށަވަރުވެގެންދާނީ އަންނަ މާޗްމަހުގެ ފުރަތަމަ ދުވަހުއެވެ. މިދަނޑިވަޅުގައި، މަަނަދޫ އެފްޓީގެ އެއްނަމްބަރު ގޯލްކީޕަރު، އަހްސާން އިސްހާގް މިވަނީ، މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރ.މީދޫގެ، މީދޫ ސްޕޯޓްސް ކްލަބާ ގުޅިފައެވެ.

“ފާއިތުވެދިޔަ ތިން އަހަރުވެސް އެމް.ޖޭ.އެސް ފައިބޯޅަ ޗެމްޕިއަންޝިޕުގައި ޑީ ސްކޮޑް އެފް.ސީއަށް މުބާރާތުގެ ތަށި ހޯދައިދިނުމުގައި އަހޫވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.” މީދޫ ޓައިމްސްގައި ވެއެވެ.

މާޗްމަހުގެ 19 އިން 22 ށް ކުޅުމަށް ހަމަޖެހިފައިވާ، މިނިވަން ޗެމްޕިއަންޝިޕް، ނ.އަތޮޅު މުބާރާތުގައި ބައިވެރިވެފައި ވަނީ، މަނަދޫގެ އިތުރުން މާޅެންދޫންނެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

ތަފާތު ބޮޑު ނަތީޖާއަކުން ދެއްވަދޫ މައްޗަށް ފޭދޫ ކުރި ހޯދައިފި.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަހު ބުރުގައި އިއްޔެ ކުޅުނު މެޗުތަކުން ދެއްވަދޫ މައްޗަށް ފޭދޫންއިން ތަފާތު ބޮޑު …

ޚިޔާލެއްދެއްވާ

avatar
އިއްބެ އައްމަޑޭ
އިއްބެ އައްމަޑޭ

މަަނަދޫ އެފްޓީގެ ރޫހާނީ(ބޫގަލް) ލީޑަރަކީ ޖައްލޭތަ؟