މަނަދޫ އާއި ކެނދިކުޅުދޫ އެންވަރުވުމުން މާޅެންދޫއަށް ފުރުޞަތު ބޮޑުވެއްޖެ

mana-vs-kkftމިއަދު ހަވީރު ކެނދިކުޅުދޫގައި ކުޅެވުނު ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް—ސީގެ އެންމެ ވަރުގަދަ މެޗުގައި މަނަދޫ އާއި ކެނދިކުޅުދޫ ބައްދަލުކޮށް އެއްވަރުވުމުން ޕޮއިންޓްގެ ގޮތުން މި ދެޓީމު އެއްވަރުވީނަމަވެސް ގޯލުގެ ތަފާތުން ކެނދިކުޅުދޫއަށް މިވަގުތައް ގްރޫޕްގެ ކުރި ލިބުނު ނަމަވެސް މި ގްރޫޕްގެ ފަހު މެޗުގައި ފޮއްދޫ 6 ލަނޑުގެ ތަފާތުން ބަލިކޮށް މާޅެންދޫއަށް މި މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުޞަތު ތަނަވަސް ވެއްޖެއެވެ. މިވަގުތު މާޅެންދޫއަށް ލިބިފައިވަނީ 2 ޕޮއިންޓް ނަމަވެސް މާދަމާގެ މެޗުން މޮޅުވެއްޖެނަމަ 5 ޕޮއިންޓް ލިބި ތިން ޓީމު ޕޮއިންޓްގެ ގޮތުން ހަމަހަމަ ވާނެއެވެ. މާޅެންދޫއަށް ގްރޫޕްގެ 1 ވަނަ ލިބޭނީ ފޮއްދޫކޮޅަށް 6 ގޯލް ޖަހައިގެންނެވެ. މި މުބާރާތުގައި މިދެޓީމުގެ ފަރާތުން ފެނިފައިވާ ކުޅުމަށް ބަލާއިރު މިއީ މާޅެންދޫއަށް ނުވާވަރުގެ ކަމެއް ނޫނެވެ.

މިއަދުގެ މެޗުގައި މޮޅަށްކުޅެ  ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ މަނަދޫޓީމުންނެވެ. ކެނދި ކުޅުދޫއިން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ މެޗުގެ އިތުރުވަގުތު ކޮޅުގެ ތެރޭގައެވެ. މިއަދުގެ މެޗުގެ މޮޅުކުޅުން ތެރިއަކަށް ހޮވިފައިވަނީ ކެނދިކުޅުދޫ ޓީމުގެ މުޙައްމަދު އައްޒާމެވެ.

މާދަމާގެ މެޗުގައި ބައްދަލުކުރާނީ މާޅެންދޫ އާއި ފޮއްދޫއެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar