މަނަދޫޓީމުގެ ކޯޗާއި އެސިސްޓެންޓް ކޯޗް މަޤާމުން ވަކިކޮށްފި

މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންގެންދާ މަނަދޫ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މުޅިރާއްޖެއަށް ނަން މަޝްޙޫރު ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ފެނާންޑޯ އާއި އެސިސްޓެންޑް ކޯޗް މަލާޒް އެމަޤާމުން ވަކިކޮށްފިއެވެ.

މަނަދޫއަކީ ހުނަރުވެރި މޮޅަތި ކުޅުންތެރިންތަކެއް ތިބިރަށެއް މިއަހަރު އަދި އެންމެ އެދެވޭ ނަތީޖާއެއް ނެރިވިފައެއް ނުވޭ / ފޮޓޯ: މަނަދޫއެފްޓީ ފޭސްބުކް ޕޭޖު

މަނަދޫ ޓީމުގެ އިސްއޮފިޝަލަކު ނަންނުޖެހުމަށް ޝަރަތުކޮށް މަޢުލޫމާތު ދެއްވި ގޮތުގައި ހެޑްކޯޗާއި އެސިސްޓެންޓް ކޯޗު އެމަޤާމުން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވި މަނަދޫޓީމުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކޯޗު ވަކިކޮށްފައިވަނީ ޓީމުން އެންމެފަހުން ކުޅުނު މެޗުތަކުން ނެރެފައިވާ ދަށް ނަތީޖާ ތަކާއި ގުޅިގެންނާއި ، އަދި ކޯޗު ކަންތައްތައް ނިންމުމުގައި އެއްވެސް ވަރަކަށް ޓިމުގެ މެނޭޖުމަންޓާއި މަޝްވަރާކޮށްފައި ނުވާތީއެވެ. މިގޮތުން އެންމެފަހުން ހެނބަދޫ އަތުން މަނަދޫ ޓީމު ބަލިވި މެޗަށްވެސް ކޯޗު ނެރެފައިވަނީ މަނަދޫ 1 ނަމްބަރ ޓީމަށް ޤަވާއިދުން އަރަމުން އަންނަ މޮޅަތި ކުޅުންތެރިންތަކެއް ތިއްބައި ވަރަށް އާދައިގެ ޓީމެކެވެ. ” އަސްލު ކައިރި ރިސޯރޓްތަކުގައި ތިބެފަ މެޗަށް ގެންނަ ކުޅުންތެރިންވެސް އަރުވާކަށް ކޯޗު ބޭނުމެއްނުވޭ ، އެކުޅުންތެރިން ނަރުވާ ޓީމު ރަނަގަޅުވާކަށްނެތް މިކަހަލަ މިކަހަލަ އެތަށް މައްސަލަތަކެއް ހުރީމަ ކޯޗު ފޮނުވާލީ ” އިތުރު ތަފްސީލް ދެމުން އޮފިޝަލް ވިދާޅުވިއެވެ.

މަނަދޫ ޓީމުގެ ކޯޗާއި އެސިސްޓެންޓް ކޯޗު މަޤާމުން ވަކިކޮށް ހެޑްކޯޗު ފޮނުވާލައިފައިވާއިރު މަނަދޫޓީމު ވަނީ މުބާރާތުގެ ކުއާޓާރއަށް ދެވެން އޮތް އެންމެ ހަނިފުރުޞަތުގެ ތެރެއިން ޝިޔާމް މަޢުރޫފް – ސޮކަކަޕްގެ ކުއާޓާރ ފައިނަލަށް ގޮއްސައެވެ. ކުއާޓާރ ފައިނަލްގައި މަނަދޫ ބައްދަލުކުރަން ޖެހޭނީ ފުޓްބޯޅައިގައި މަނަދޫގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ މިލަދޫ އާއިއެވެ.

މަނަދޫޓީމުގެ އިސްއޮފިޝަލް ވިދާޅުވި ގޮތުގައި ދެން މަނަދޫޓިމަށް އިރުޝާދު ދެމުން ގެންދާނީ ކުރިން އެޓީމުގެ ސީނިއަރ ކުޅުންތެރިޔާ އިޔާ އެވެ.

މަނަދޫޓީމަކީ ފުރަތަމަ ބޭއްވުނު ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންގެ އިތުރުން ނިމިދިޔަ ދެ މުބާރާތުގައި ވެސް ރަނގަޅު މޮޅުކުޅުމެއް ދަށްކާފައިވާ ޓީމެކެވެ. އެފަހަރު ތަކުގައި މަނަދޫޓީމަށް ކޯޗުކަން ކޮށްދީފައިވަނީ ނ.އަތޮޅުގެ އެންމެހާ ޒުވާނުންގެ ޖޯ އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
ޖުންމާބެ
ޖުންމާބެ

މަނަދޫ ކުދިން މާބޮޑާވަނީ.ކުޅޭކުދިން ބޭނުންވަނީ އެހެން މީހުން ހުރިހާކަމެއް ހުރިހާވަގުތެއް އެމީހުންނަށް ހުސްކުރަން.ޓީމްކުދިންގެ ކުޅޭކިޓްވެސް އެމީހުން އުފުލުން އެއީ ގޯހެއް.ފަޔަށް އިސްޓާކީނާ ބޫޓްލައްވާފަ ސީދާ މެޗައް އަރަންޖެހޭނީ އެވަރިހަމަ ގަރުނަކު ފުޓްބޯޅަ ނުކުޅުނަސް.

Misoru
Misoru

Manadhoo team champion kan hoadhee mauroof invitational tournament ge

ނާމަގުކަތީބު
ނާމަގުކަތީބު

ފެނާންޑޯއަށް ކެއްތެރިކަން މިންވަރުކުރައްވާށި. އަދި މަނަދޫ ޓީމަށް ކާމިޔާބު މިންވަރުކުރައްވާށި. އާމިން

wpDiscuz