ވޯޓު ދިނުމަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމަކީ ފަސާދަވެރިކަމަށް ކޮށޭމަގެއްކަން ޔަޤީން

ވަކި ޕާޓީއަކަށް ވަކިމީހަކަށް ވޯޓްލައި ތާއީދު ކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އެ މީހަކު ބޭނުން ޕާޓީއަކަށް، އެ މީހަކު ބޭނުން މީހަކަށް ވޯޓު ދޭންވީ އެވެ. އެއީ އެ މީހެއްގެ އަމިއްލަ މިނިވަންކަމެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަދިވެސް މިވަނީ ހައްލުނުވެއެވެ. އެއީ ވަކި ބަޔަކު ބޭނުންވާ ޕާޓީއަކަށް ނުވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކެވެ. ރައްޓެހިންގެ ތެރޭގަ އެވެ. އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގަ އެވެ. އާއިލާތަކުގެ ތެރޭގަ އެވެ. ޕާޓީތައް ތައާރަފުވީ ފަހުން، ގުޅުންތަކެއް ކެނޑިގެން ދިޔަކަން އެއީ ޔަގީން ކަމެކެވެ. އެހެން ނަމަވެސް، އެ ގުޅުންތައް ކެނޑިގެން ދިއުންއޭ ޕާޓީތަކުގެ މައްސަލައެއް ނޫނެވެ. އެހެން ކަމަށް ވަންޏާ، އަމިއްލަ އަމިއްލަ އަށް ގުޅުންތައް ކަނޑާލުމުގެ އޮތީ ކޮން މަގުސަދެއް ބާ އެވެ؟

މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރުކަމުން ،މިހާރު އަނެއްކާ ވެސް މި މައްސަލަތައް މިވަނީ ފެންމަތިވެފަ އެވެ. މުޅި ހުރިހާ ރަށްރަށުގައި ވެސް މި މައްސަލަ އެބައޮތެވެ. ފޭސްބުކުންނާއި ޓްވިޓަރ ފަދަ މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކި މީހަކަށް ވޯޓް ނުދީފިނަމަ ރަހިމުގެ ގުޅުން ކަނޑާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ. އެކުވެރިކަމުގެ ގުޅުން ކުރިއަށްގެންދާނެތޯ ކަނޑައަޅަނީ މިވޯޓެއްގެ ނަތީޖާއަށްފަހުގައި ކަމަށްވެސް ބުނާމީހުން މަދެއް ނޫނެވެ.މިހާހިސާބަށް އައިއިރު އެތަށް ރައްޓެހިންނެއް ވަނީ ގުޅުން ކެނޑިފަ އެވެ. ރަހިމުގެ ގުޅުން ކެނޑިމީހުންނެއްވެސް މަދެއް ނޫނެވެ. އަދި މިއުޅެނީ ވޯޓް ނުލެވި ގެންނެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

ވޯޓަކީ އެ މީހެއްގެ އަމިއްލަ ހައްގެކެވެ. ހަގީގަތަކީ މިއީ ސިއްރު ވޯޓެއް ކަމަށް ވެފައި، އާއްމުކޮށް އާބަދީ ކުޑަރަށްރަށުގައި ކުރިމަތިލެވިފައި ހުންނާނީ އެއް އާއިލާއަކުން ކަމަށްވާތީވެ، ސީދާ ވޯޓް ދޭނީ ކޮން 3 މީހަކަށްތޯ އެހުމަކީ ވެސް ރަގަނޅު ކަމެއް ކަމަކަށް ނުދެކެމެވެ. އަދި ވަކި 3 ފަރާތަކަށް ވޯޓު ދިނުމަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމަކީ ވެސް ފަސާދަވެރިކަމަށް ކޮށޭމަގެއްކަން ޔަޤީނެވެ.

އެމްޑީޕީ ދެކެ ލޯބިވާ މީހުން އެމްޑީޕީ އަށް ތާއީދު ހޯދަން މަސައްކަތް ކުރާނެ އެވެ. އަނެއްކޮޅުން އެމްޑީޕީގެ ރޭވުންތައް ނާކާމިޔާބު ކޮށްލެވޭތޯ ޕީޕީއެމްޑީއޭ އިން މަސައްކަތް ކުރާނެ އެވެ. މިއީ، ސިޔާސީ ޕާޓީތައް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހަރަކާތްތެރިވާ ގޮތެވެ. ސިޔާސީ ފިކުރަކީ އެނބުރޭ ފިކުރެކެވެ. ކޮންމެވެސް ސަބަބަކާއި ހެދިއެވެ. މީހަކު ދެކެ ހިންހަމަ ނުޖެހިގެންނާއި ޒާތީ ހަސަދައެއް އަނެކުންނަށް ފިލުވާލުމުގެ ބެނުމުގައިއެވެ. ކުރިން ހިގާފައިވަ ކަންތައްތަކެއްގެ ބަދަލު ހިފާލުމަށެވެ.ވަކި ބަޔަކު ކުރިއަރާފާނެތީ އެކަމަށް ހަސަދަވެގެންނެވެ.

ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް މަރުދަންޖެހި ތިމާގެ އަމިއްލަ ދިރިއުޅުން ވެއްޔާ މޮޑެލައި، ރަހުމަތްތެރިން ނަގާލައި، އަނބިމީހާ ވަރިކޮށް، ދަރިންނާ ދިމާ އަށް ހަޅޭއްލަވައި ހަދާ ހިސާބަށް ހިނގައްޖެ ނަމަ، އެ މީހަކީ ސިޔާސީ ގޮތުން މޮޔަވެފައި ހުރި މީހެކެވެ. އެއްވެސް މީހަކަ އެ ހިސާބަށް އަމިއްލަ ނަފުސު ގެންގޮސްގެން ނުވާނެ އެވެ. ރަޙިމުގެ ގުޅުމަކީ އެމީހަކު ބެނުންއިރަކު ކެނޑޭނެ އެއްޗެއް ނޫނެވެ. މައިމީހާ ވަނީ މައިމީހާއަށެވެ. ދަރިންވަނީ ދަރިންނަށެވެ. މިގުޅުން ކެނޑިއްޔޭބުނެ ކިތޭމެވަރަކަށް ހަޅޭލަވައި ޒުވަބު ކުރިޔަސް އެގުޅުމެއް ނުކެނޑޭނެވެ. އަހަރެމެންގެ ތެރެއިން ގުޅުންތައް ކެނޑިގެން ދިއުމަކީ މައްސަލައެއް ނޫންތޯ އެވެ! ވިސްނަން ވެއްޖެ އެވެ. މާ ބޮޑަށް ވެސް ވިސްނަން ވެއްޖެ އެވެ. ސިޔާސީ ކަންތައްތަކާއި ވޯޓާއި ދިރިއުޅުމާއި ގުޅުންތަކަކީ ވަކި އެއްޗެކެވެ. މި ވިސްނުން އަހަރެމެން އެންމެން ވެސް ބަހައްޓަން އެބަޖެހެ އެވެ.

 

 

 

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

ކޮމަންޑޫ ކައުންސިލާއި، ކުރިނބީ ކައުންސިލްގެ ވޯޓުލުން އަލުންބާއްވަން ޖެހިއްޖެ.

ލޯކަލް ލައިންސިލް އިންތިޚާބުގައި ދެ ރަށެއްގެ ރަށުކައުންސިލަކަށް ވާދަކުރި ކެނޑިޑޭޓުންނަށް ލިބިފައިވާ ވޯޓްގެ ޢަދަދު އެއްވަރުވެ، ދެވަނަ ބުރަކަށް ދާންޖެހިއްޖެއެވެ. …

ޚިޔާލެއްދެއްވާ

avatar
dhiraasa
dhiraasa

igey dhw thikan vis thi faadah thiulheny

Faiz/Dhigurah
Faiz/Dhigurah

Liyun varah ragalhu ekamu bas liyumuge baeh kuhthah faahaga kurevunu.Misaalakah
” Gulhun thah kedigen dhiun ey”..”Kitheyme varakah” kahala…Bodah beleveny rashu meehun vaahaka dhakaa gothah liyevifa vany kamah…Miee Dhivehi bahah loabi kuraa meehegee haisiyyathun hissaa kolli vaahakaeh…Liyumuga bunaa vaahaka varah furihama..

wpDiscuz