ވޯލްޑް ކަޕަށް ސައޫދީ ކޮލިފައިވެއްޖެ.

އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ސައޫދީ އަރަބިޔާ ކޮލިފައިވެއްޖެއެވެ. ސައޫދީ އަރަބިއާ އާއި އެކު ދެކުނު ކޮރެޔާ އަދި ޖަޕާން ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު ސީރިއާއަށް ޖެހުނީ ޕްލޭ އޮފްއަށް ދާށެވެ. މިއީ 2006ގެ ފަހުން ސައޫދީ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

2018 ވަނައަހަރު އޮންނަ ވޯލްޑްކަޕުގައި މި ތިން ގައުމާއެކު އޭޝިޔާއިން ދެން ކުޅޭނީ އިރާންއެވެ. އޭޝިޔާ ސަރަހައްދުން މިފަހަރު އެންމެ ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އީރާނެވެ.

ސީރިއާއަށް ޕްލޭ އޮފް ޖާގައެއް ލިބުނީ އިރާނާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އޮމަރު އަލްސޯމާ ޖަހައިދިން ލަނޑާއިއެކުގައެވެ. ރޭ އީރާންއާއި ވާދަކުރި މެޗު އެއްވަރުވީ 2-2ންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީވެސް ސީރިއާއިންނެވެ. މި ލަނޑުޖަހައިދިނީ ތަމީރް ހާޖް މުޙައްމަދެވެ. އީރާނުން ނަތީޖާ ހަމަހަމަކުރީ ސަރްދާރު އަޒުމޫންގެ ގޯލުންނެވެ. މެޗުގައި އިރާންގެ ދެވަނަ ލަނޑު ޖަހައިދީ ލީޑް ނަގައިދިނީވެސް އަޒުމޫނެވެ. 2-1ން މެޗު ނިމެންދަނިކޮށް ސީރިއާއިން ނަތީޖާ ހަމަހަމަކުރީ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައެވެ. މި ލަނޑާއިއެކު ސީރިއާއަށް ވަނީ ކޮލިފައިން ގްރޫޕް އޭގެ ތިންވަނަ ޔަގީންވެފައެވެ.

ވޯލްޑްކަޕްގެ ޕްލޭ އޮފް ޖާގައެއް ސީރިއާއިން ހޯދުމާއިއެކު އެގައުމުގައި ސަޕޯޓަރުން އަންނަނީ އުފާފާޅުކުރަމުން. ވެރިރަށް ދިމިޝްކުގެ ބޮޑެތި މަގުތަކުގައި ގައުމީ ދިދައާއިއެކު ރައްޔިތުން އަންނަނީ ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ޕްލޭ އޮފްގައި ސީރިއާ ނިކުންނާނީ އޮސްޓްރޭލިއާއާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ނިކުންނާނީ އުތުރު އެމެރިކާ ކޮލިފައިން ހަތަރުވަނަ ހޯދާ ޓީމާއި ދެކޮޅަށެވެ.

ކޮންމެ 4 އަހަރުން އެއްހަރު އޮންނަ ވޯލްޑް ކަޕަކީ ދިވެހިންގެ މަޤުބޫލުކަން ލިބިފައިވާ ފޯރިގަދަ ފުޓްބޯޅަ މުބާރާތެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސައޫދީ ސިފައިން ހޯދަން ބޭނުންވެފައިވާ މުހިއްމު ހަނގުރާމަވެރިއަކު މަރާލައިފި.

ސައުދީގެ ސަލާމަތީ ބާރުތަކުން، އެމީހަކު ހޯދުމަށް މޯސްޓް ވޯންޓެޑް އިއުލާންކޮށްފައިވާ ހަގުރާމަވެރިއަކު މަރާލައިފިއެވެ. މާތްވެގެންވާ ކައުބަތުﷲ ގެފުޅު ހުންނަ މައްކާގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz