ވޮލަންޓިއަރުންގެ ގޮތުގައި ރާއްޖެއައި ޓިޗަރުންނާއިމެދު ސަމާލްވާންޖެހޭ

ދިވެހިރާއްޖޭގެ ސައްތައިން ސައްތަ މުސްލިމުންގެ ހިތުގައި އަށަގެންފައިވާ އިސްލާމްދީނުގެ މަތިވެރި އަޤީދާ ބަލިކަށިކޮށްލައި ލޮބުވެތި ފަސްގަނޑުގައި ތަފާތު ދީންތަކަށް ފުރުޞަތު އޮންނަން ޖެހޭނެކަމަށް ބަޔަކު މީހުންފާޅުގައި ދައުވާކޮށް ވަކާލާތު ކުރަމުންދާ ދުވަސްވަރެއްގައި ” ހިލޭސާބަހަށް ” މަސައްކަތް ކޮށްދިނުމަށްޓަކައި ރާއްޖެ އައިސްފައިވާ ވޮލަންޓިއަރ ޓީޗަރުންނާއި މެދު އަޅުގަނޑުމެން ފިސާރި ރަނގަޅަށް ހޭއަރާ ސަމާލްވާންޖެހެއެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު މިގޮތައް ވޮލަންޓިއަރުންގެ ގޮތުގައި ވީއެސްއޯ މެދުވެރިވެގެން ރާއްޖެ އައިސްފައިވާ ބައެއްޓީޗަރުން ރާއްޖޭގެ އަތޮޅުތަކުގައި ކްރިސްޓިއަންދީން ފެތުރުމަށް މަސައްކަތް ކޮށްފައިވާކަމީ އެންމެހާ ދިވެހިން ދަންނަ ބޮޑު ސިއްރެކެވެ.

މިއަހަރު މިހާތަނަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް  އިނގިރޭސި ވިލާތުގެ 23 ވޮލަންޓިއަރަކު ރާއްޖެ އައިސް ފައިވާއިރު ޖަޕާންގެ 21 ވޮލަންޓިއަރަކާއި ފަރަންސޭސި ވިލާތުގެ 2 ވޮލަންޓިއަރަކާއި އަދި ޗައިނާގެ 1 ވޮލަންޓިއަރަކު މި އަހަރު ރާއްޖޭގައި މަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވައެވެ.

އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ޓީޗަރުންގެ ތެރެއިން ގިނަބަޔަކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގައެވެ.

މިހެންކަމާއި އެކު މާޒީވެދިޔަ ތަނުން ޢިބްރަތް ލިބިގަނެ އަޅުގަނޑުމެން ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން ރާއްޖެއަށް މިއަންނަ ވޮލަންޓިއަރ ޓީޗަރުންނާއި މެދު ފާރަވެރިވެ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ފުށުއަރާފަދަ އެއްވެސް ކަމެއް މިމީހުން ހިންގާތޯ ނުވަތަ ހިންގަން މަސައްކަތް ކުރޭތޯ ވަރަށް ގާތުން ބަލަންޖެއެވެ. ” އެދުމެއްނެތި ވެދުމެއްނުކުރާނެކަން ” އަޅުގަނޑުމެން ދަންނަންޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz