މަނަދޫ ކުނިކޮށި

ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މީހަކު ހޯދަނީ

މަނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް، އިސް މަސައްކަތު މީހެއްހޯދަން އިއުލާނުކޮށްފިއެވެ. މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ސޮއިކުރަވާ ނެރެފައިވާ އިއުލާނުގައިވާގޮތުން، މި މަގާމަށް ހޮވޭފަރާތަކުން މަސައްކަތްކުރަން ޖެހެނީ މަނަދޫ ކުނިކޮށީގައެވެ. ވަގުތީ މަގާމެއްގޮތުގައި ގިންތިކުރެވިފައިވާއިރު، މުސާރައަކީ 5000 ރުފިޔާއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ މަނަދޫގެ ކުންޏާބެހޭ އެންމެހާ ކަންކަން ރާވާހިންގާ ބެލެހެއްޓުމެވެ. މަގާމުގެ ޝަރުތަކީ ގިނަވަގުތު މަސައްކަތުގައި އުޅެވުމާ، މިފަދަ މަސައްކަތްކުރެވޭނެ ގާބިލްކަން ހުރުމާއި ދިވެހިބަހުން ލިޔަންކިޔަން އެނގުމެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، 16 ޖެނުއަރީ 2018ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މަަނަދޫ ކައުންސިލަށް ސިޓީފޮނުވަން ޖެހެއެވެ. މިހާރު މަނަދޫ ކުނިކޮށީގައި މަސައްކަތްކުރަނީ 6 ބިދޭސީންނެވެ.

މަނަދޫ ކައުންސިލްގެ ނައިބްރައީސް، ހުސެން ނަޒީދު ލަންދޫ އިންފޯއަށް މައުލޫމާތުދެއްވި ގޮތުގައި، ކުރިއަށްއޮތް ތަނުގައި މަނަދޫ  ކުނިކޮށީގައި މަސައްކަތްކުރާނީ 4 ބިދޭސީންނާ ދިވެހި ސުޕަވައިޒަރެކެވެ. އަދި ކައިރި މުސްތަގުބަލެއްގައި ގޭގެއަށްގޮސް ކުނިނަގަން ފެށޭނެކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމުގައެވެ.

ނިމިދިޔަ ކައުންސިލުންވެސް ގޭގެއަށްގޮސް ކުނިނެގުމުގެ ހިދުމަތް، ކޮންޓްރެކްޓަށް ބަޔަކާހަވާލުކޮށްގެން ފެށިއެވެ. ނަމަވެސް މާގިނަ ދުވަހު ހިދުމަތްނުދެވި، ކޮންޓްރެކްޓަރުވަނީ ހިދުމަތް ހުއްޓާލައިފައެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

3 ކުނިގޮނޑެއް ސާފުކުރަނީ

ލަންދޫ ރައްޔިތުން ކުނި އަޅަމުންގެންދާ 3 ކުނިގޮނޑެއް އެސްޓިމޭޓް އުސޫލުން ބަޔަކާއި ހަވާލުކޮށްގެން ސާފުކުރަމުން އެބަގެންދެއެވެ. މީގެކުރިން ލަންދޫގައި ޤާއިމުވެފައިވާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz