ފޮޓޯ:ވެލި ރިޓްރީޓް

ވެލިދޫގެ ބައެއް މަގުތަކުގައި ބައްތި ޖަހަނީ

ނ.ވެލިދޫގެ ބައެއް މަގުތަކުގައި އަލަށް ޖަހަންޖެހޭ 12 މަގުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ވެލިދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ވެލިދޫ ކައުންސިލުން ހޮޅިދަނޑިއާއި މަގުބައްތި ދިނުމުން އިތުރަށް ހޯދަންޖެހޭ ތަކެތި ހޯދައިގެން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ފެބްރުވަރީ 2018 ވާ ބުދަދުވަހުގެ 10:00 އަށް ވެލިދޫ ކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ފެބްރުވަރީ 2018 ވާ އަންގާރަ ދުވަހު 10:00އަށް އެއިދާރާއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ފޮޓޯ:ޔޫޓިޔުބް

މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ވެލިދޫ ކައުންސިލަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ އަގަށް %80، ތަޖުރިބާއަށް %10 އަދި މުއްދަތަށް %10 އެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

ވެލިދޫ ކޯޓް އެއާކޯނު ކޮށްދޭނެ ފަރާތެއް އަލުން ހޯދަނީ

ނ.ވެލިދޫ ކޯޓް އެއާކޯނުކޮށްދޭނެފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފިއެވެ. ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ވެއިޓިންގ އޭރިޔާގައި 12000 ބީ.ޓީ.ޔޫ ގެ 01 …

ޚިޔާލެއްދެއްވާ

avatar