ވެލިދޫގައި ސެލްފް ސާވިސް ބޭންކިން ތައާރަފުކޮށްފި

ވެލިދޫގައި ގާއިމުކޮށް ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކް
ވެލިދޫގައި ގާއިމުކޮށް ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ވެލިދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފި އެވެ. އެ ގޮތުން ވެލިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.

ވެލިދޫގައި މިއަދު ބެހެއްޓި އޭޓީއެމް މެޝިނަކީ އެފަދަ އާދައިގެ މެޝިނަކުން ލިބޭ ޚިދުމަތަށްވުރެ މާފުޅާކޮށް މާގިނަ ޚިދުމަތްތަކެއް އެއްފަހަރާ ލިބިގެންދާނެ ޚިދުމަތެއްކަމަށް ބީއެމް އެލް އިން ބުނެއެވެ. އެގޮތުން އާންމުކޮށް އޭޓީއެމް ބޭނުންކުރަނީ ފައިސާ ނަގަން ކަމަށް ވިޔަސް މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި ވެލިދޫ އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރީ މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ވެލިދޫގައި އަލަށް ތަޢާރަފްވެގެން މިދިޔަ ޚިދުމަތުގެ ސަބަބުން މުޅިއަތޮޅުގެ އެންމެހައި ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ވެލިދޫގެ ވިޔަފާރިވެރިންނާއި، ޢާއްމު ފަރާތްތަކަށް ފައިސާގެ  މުޢާމަލާތްތައް ކުރުމަށް ވަރަށްބޮޑުތަކުން ފަސޭހަވެގެންދާނެކަމަށް ވެއެވެ.

ނ.އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެނީ ވެލިދޫގެ އިތުރުން މަނަދޫންނެވެ. މަނަދޫއަކީ ބީއެމްއެލްގެ ބްރާންޗެއް ޤާއިމްކޮށްފައި ހުންނަ ނ.އަތޮޅުގެ ވެރިކަންކުރާރަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމިއްލަ އަށް ފަރުމާ ކޮށްލެވޭ ގިފްޓް ކާޑެއް ބީއެމްއެލް އިން ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްެ އިން ކަސްޓަމަރުން އަމިއްލައަށް ފަރުމާކޮށްލެވޭ ގިފްޓްކާޑެއް ތައާރަފްކޮށްފިއެވެ. މި ކާޑު ފަރުމާކުރެވޭނީ ބޭންކުގެ ވެބްސައިޓްގައި ހިމެނޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz