ވެލިދޫގައި އެމްޑީއޭގެ ފަރާތުން ވޮލީ ކޯޗިންގ ކޭމްޕެއްބާއްވަނީ

ނ.ވެލިދޫގައި ހުންނަ ނ.އަތޮޅު ތަޢުލީމީ މަރުކަޒު
ނ.ވެލިދޫގައި ހުންނަ ނ.އަތޮޅު ތަޢުލީމީ މަރުކަޒު

އެމްޑީއޭގެ ފަރާތުން ނ.ވެލިދޫގައި ވޮލީ ކޯޗިން ކޭމްޕެއްބާއްވަން ހަމަޖެހިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ. މި ކޯޗިން ކޭމްޕް ބާއްވަނީ އެމްޑީއޭ ގެ ވެލިދޫ ގޮފީގެ އިސް ނެގުމުގެ ދަށުން ނެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރު ނ.ވެލިދޫ މުޙައްމަދު ޢައްބާސްވެސް މިކަން ކަށަވަރު ކޮށްދީފައެވެ.
މުހައްމަދު އައްބާސް ވިދާޅުވި ކަމަށް ސަންގައިވެސް ވަނީ ވޮލީބޯޅަ ކޯޗިންގް ކެމްޕުގެ ބޭނުމަކީ އެ ރަށުގެ ޒުވާނުން އެ ކުޅިވަރަށް އަހުލުވެރި ކުރުވައި، ރަށުގެ ޒުވާނުންނަކީ ޒިންމާ ދާރު ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ.
މިކޯޗިން ކޭމްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރުވަނީ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލައިފައެވެ.
އެގޮތުން ބައިވެރިވާން އެދޭ ފަރާތްތަކަށް މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ވެލިދޫ ގޮތްޕަށް އެޕްލިކޭޝަން ހުށަހެޅުމަށް ޕާޓީގެ ވެލިދޫގޮފިން އެދިފައެވެ.
މިކޯޗިން ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރެހެން ދެޖިންސްގެ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. އަދި މިކޭމްޕްގައި ސްކޫލްގެ ބޮޑެތިކުދިންނަށްވެސް ބައިވެރިވެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒަށް އެފުރުޞަތު ދީފައިވާނެކަމަށް އެމްޑީއޭ ވެލިދޫގޮފިން ހާމަކުރައްވައެވެ.
މިމަހުގެ 19 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އެ ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށެވެ. އަދި އެ ކޭމްޕުގެ ބައިވެރިންނަށް ވޮލީބޯޅައާ ބެހޭގޮތުން ތަފާތު މައުލޫމާތު ދިނުމުގެ އިތުރުން، ޚާއްސާ ޓްރެއިންގް ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
އެމްޑީއޭގެ ފަރާތުން ނ.އަތޮޅުގައި ދަނީ މިފަދަ ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ. އެމްޑިއޭއަކީ ނ.އަތޮޅަށް ނިސްބަތްވާ ޕާޓިއަކަށްވާއިރު އެޕާޓީން މިހާރުވެސް ދަނީ ނ.އަތޮޅުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ދާއިމީ ޖަގަހައެއް ލަންދޫގައި ހަދަނީ.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ދާއިމީ ޖަގަހައެއް ނ.ލަންދޫގައި ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ އެޕާޓީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz