ވެރިކަން ބަދުލުވިގޮތާ ބެހޭގޮތުން އެމްޑީޕީން ދަށްކަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް – ތަސްމީން

ސަރުކާރު ބަދަލުވުމާއި ގުޅޭގޮތުން އެމްޑީޕީން ދައްކަމުން ދައްކާ ވާހަކަތަކަކީ އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫންކަމަށް ޑީއާރްޕީގެ ލީޑަރ އަހުމަދު ޔަސްމީން އަލީ ވިދާޅުވެއްޖެއެވެ.

ކުރީރޭ ދިޓީވީ ގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ އެމްޑީޕީން މި ސަރުކާރު ގަބޫލް ނުކުރާކަމަށް ބުނި ނަމަވެސް މިއަދު އެމްޑީޕީން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަންޖެހޭ  ކަންކަން ކުރަން ޖެހުމުން މިހާރު މިއޮތީ އެމްޑީޕީ ސަރުކާރެއްކަމަށް ގަބޫލް ކުރާކަމަށެވެ. އެގޮތުން ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ދާރީ ވާންޖެހޭ ވުން ތަސްމީން ފާހަގަ ކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވި ގޮތާއި ބެހޭގޮތުން ވެސް އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވަނީ އެކިފަހަރު އެކިގޮތަކަމަށް ތަސްމީން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ ސިޔާސަތާއި ބެހޭގޮތުން ތަސްމީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ މަގާމްތަކާ އަޅާބަލާ އިރު މިހާރުގެ ސަރުކާރުގެ މަތިބަރު ކަމަށް ފާހަގަ ނުކުރެވޭ ކަމަށާއި އެފަދަ ގޮތަކަށް މަތިބަރު ކަމަށް ބައެއް ފަރާތްތަކަށް ސިފަކުރެވިގެން ދިޔައީ އެއްފަހަރާ ބައެއް މިނިސްޓްރީތަކަށް ބޭފުޅުން ހަމަޖެއްސެވުމާ ގުޅިގެން ކަމަށެވެ.

މިދިޔަ ސަރުކާރުން މިނިސްޓްރީތަކުގެ އަދަދަތައް މަދުކުރެއްވުމަށް ފަހު ސްޓޭޓް މިނިސްޓަރުންނާއި އެފަދަ އެތައް މަގާމުތަކެއް އެތައް ގުނައަކަށް އިތުރު ކޮށްފައިވާކަމަށެވެ.

 

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޢަބްދުﷲ ޝާހިދު ޕާޓިން ވަކިވި ކަމެއް ނޭނގޭ: ތަސްމީން

ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީއާ ގުޅިވަޑައިގަތް ކަމެއް އަދި ޑީއާރުޕީން ވަކިވެވަޑައިގަތް …

ޚިޔާލެއްދެއްވާ

avatar
wpDiscuz