ވެރިކަން ބަދަލުކުރުމަށް ނާޒިމް ރޭވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުންބުނެފި.

nazim
ރާއްޖޭގެ ސިޔާސީ އެކިއެކި ފަރާތްތަކާއި، ގުޅިގެން ދިވެހި ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭވިކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެންބުނެފައިވަނީ މިރޭ އެ މުއައްސަސާއިން ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައި ވަނީ ރޭ ދަންވަރު ނާޒިމް ހައްޔަރުކޮށްފައި ވަނީ ދައުލަތާ އިދިކޮޅު ހަރަކާތްތަކެއް ހިންގަން ރާވަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ނާޒިމްގެ ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ޕެންޑްރައިވްގައި ދިވެހި ދައުލަތުގެ އިސްވެރިންތަކަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް ރާވާފައިވާކަން ދޭހަވާފަދަ ލިޔުމެއް ފެނިފައިވާ ކަމަށެވެ.
ނާޒިމް މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގައި ދަށުގައި ހައްޔަރުކުރައްވާފައެވެ. އޭނާގެ ބަންދަން ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައެވެ.
ނާޒިމްގެ ޤާނޫނީ ޓީމުން ބުނެފައިވަނީ ނާޒިމް ހައްޔަރުކޮށްފައިވަނީ ޢަމަލު ކުރެވެމުންދާ އުޞޫލުތަކާ މުޅިން ޚިލާފަށް ކަމަށާއި، އެކަން ކުރުމުގައި ސުވާލުއުފެދޭ އެތައްބައިވަރު ކަންތައް ތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން ޤާނޫނީ ޓީމުން ތައްޔާރުވަމުންދަނީ އެކަންތައްތައް ބަލާ ކޯޓަށް މައްސަލަ ހުށަހެޅުމަށް ކަމަށް މިރޭ އެޓީމުން ބޭއްވި ނޫސްކޮންފަރެންސްގައިވަނީ ވިދާޅުވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނާޒިމް 24 ގަޑިއިރަށް ގެއަށް ބަދަލުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު 24 ގަޑިއިރަށް ގެއަށްބަދަލުކޮށްފިއެވެ. ނާޒިމްގެ އާއިލާ އިން ބައެއް މީޑިއާތަކަށް މަޢުލޫމާތުދީފައިވާ ގޮތުގައި އޭނާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz