ވިއްސާރަ މޫސުން އަންނަނީ – ކަރަންޓްގެ މައްސަލައަށް ހައްލެއްނެތް

ލަންދޫއަށް ހެޔޮއެދޭ ، ލަންދޫ ރައްޔިތުންނާއި މެދު އިޙްލާސްތެރި ހިތަކާއިއެކު ވިސްނަވާ ކޮންމެބޭފުޅަކުވެސް އިއްތިފާގުވަނެފަދައިން މިއަދު ލަންދޫއަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ކަރަންޓްގެ މައްސަލައެވެ.

މިއަހަރުގެ ހޫނު މޫސުންނިމި ވިއްސާރަ މޫސުމާއި ކުރިމަތިލާއިރުވެސް ލަންދޫގެ ކަރަންޓް މައްސަލައަށް މިވަނީ ހައްލެއް ނާހެވެ. ޚާއްޞަކޮށް ވަގުތީގޮތުން ގުޅާލެވިފައިވަ ކޭބަލްތައް މިއަދުވެސް އޮތީ ވަގުތީކަންމަތީ މަގުތައް މަތީގައެވެ. މަގުތައް މަތީގައި ހިނގާ ބިނގާވެއުޅޭ ޢުމުރުން ދުވަސްވީ މީހުންނަށާއި ތުއްތު ކުދިންނަށް މިތަކެތިން ގެއްލުން ލިބެނީ މަދެއްކޮށެއް ނޫނެވެ.

ވިއްސާރަ މޫސުން އައުމުން ރަށުގެ މަގުތަކުގައި މިހާރު އަޅާފައިވާ ހިމަ ކޭބަލްތައް ބަޑިޖަހައި އެދުމުގެ ފުރުޞަތު ވަރަށް ބޮޑުކަމުގައި ކަމުގެ މާހިރުން ބުނަމުން ގެންދާއިރު މިކަމަށް ހައްލެއް އަންނާނެ ދުވަހެއްް އަދިވެސް މިވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ލަންދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާއި ހަވާލްކުރެވުނު ފަހުން ކޮންމެވެސް ވަރެއްގެ ތަރައްޤީއެއް ތަނަށް އައިނަމަވެސް މިއަދުވެސް ލަންދޫގެ ރައްޔިތުން ކުރަމުން ގެންދާ ސަކުވާއަކީ އެބައިމީހުން ބޭނުންވާ ވަރަށް ކަރަންޓް ނުލިބުގެ ސަކުވާ އާއި އަވަސް އަވަހަށް ކަރަންޓް ކަނޑައިގެންދާ ކަމުގެ ޝަކުވާ ތަކެވެ.

ޔުޓިލިޓީސްގެ ފަރާތުން މިކަންތައްތައް ހައްލުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ދާވާހަކަ ބުނި ނަމަވެސް މިއިން ކަމެއްގެ ޢަމަލީ މަސައްކަތް ފެންނަމުން ނުދާކަން ވަރަށް ހިތާމައާއި އެކު ފާހަނގަ ކޮށްލަން ޖެހެއެވެ.

ވިއްސާރަ މޫސުން ކުރިމަތިވަމުން އަންނަ އިރު މަގުތައް މަތީގައި ކޭބަލްތައް އޮތުމަކީ އިތުރު ބިރުވެރިކަމަކާއި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުޞަތު އޮތްކަމެއް ކަމުގައި ތަޖުރިބާ ކާރުން މަޢުލޫމާތު ދެއްވަވައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz