ވައިނުސާފުވުމުގެ ސަބަބުން ޗައިނާއާއި އިންޑިއާއިން 1.6 މިލިއަންމީހުން 2015 ވަނައަހަރު މަރުވެފއިވޭ – ރިޕޯޓް

ވައިނުސާފުވުމުގެ އެކިއެކި މައްސަލަތަކުގެ ސަބަބުން އިންޑިއާ އާއި ޗައިނާއިން 2015 ވަނައަހަރު ގާތްގަޑަކަށް 1.6 މިލިއަން މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ތިމާވެށީގެ ޖަމިއްޔާއެއް ކަމަށްވާ ގްރީންޕީސް އިން ނެރުނު ރިޕޯޓަކުން ބުނެފިއެވެ.

އެރިޕޯޓްގައި ބުނާގޮތުން މަރުވި ގިނަ މީހުން މަރުވެފައިވަނީ ފޮސިލް ފިއުލް ( ބޯޓްދެލި ) ނެގުމުގެ ތެރޭގައި ދިމާވެފައިވާ އެކި އެކި ޙާދިސާތަކާއި، ވައި ތަޣައްޔަރުވުމުގެ ސަބަބުންނެވެ.

ގްރީންޕީސް އިން ނެރުނު ރިޕޯޓްގައި މި ދެޤައުމުން 2015 ވަނައަހަރު ނިމުމުނުއިރު މަރުވި މީހުންގެ ޢަދަދު 1.6 ށް އަރާފައިވާކަމަށް ލަފާކޮށްފައިވީނަމަވެސް އެ ދެޤައުމުގައިވެސް ވައިނުސާފުވެގެން މަރުވާމީހުންގެ ރޭޓް 1990 ވަނައަހަރުން ފެށިގެން ދަށްވަމުން އައިސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި 2010 ން ފެށިގެން އިންޑިއާގައި މިގޮތަށް މަރުވާ މީހުންގެ ރޭޓް އޭގެ ކުރީއަހަރުތަކާ އަޅާބަލާއިރު ދަށަށްގޮސްފައިވާކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ގްރީންޕީސް އިން މިފަދަ ރިޕޯޓެއް ކޮންމެ އަހަރަކުވެސް ނެރޭއިރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިންވެސް މިފަދަ ރިޕޯޓްތައް ނެރެއެވެ. ޑަބްލިއު އެޗްއޯގެ ރިޕޯޓްގައިވަނީ 2015 ވަނަ އަހަރު ވައި ނުސާފުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 07 މިލިއަނަން އަރާ ކަމަށެވެ.

ޑަބްލިއު.އެޗް.އޯ ގެ ހޯދުންތައް ދައްކާ ގޮތުން މި 7 މިލިއަން މީހުންގެ ތެރޭގައި ހިމެނެނީ ވައި ނުސާފު ވުމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމާއި، ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި އަދި ކެންސަރު ބަލީގެ ސަބަބުން މަރުވި މީހުންނެވެ.

ދުނިޔޭގައި މަރުވާ ކޮންމެ 08 މީހަކުން އެކަކީ ވައިނުސާފުވުމުގެ ސަބަބުން މަރުވެފައިވާ މީހުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz